ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
10 Apr 2023 | 18:06
ފުއްގިރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް މާދަމާއަށް ތާވަލުކޮށްފި!

ރ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށައަޅާ ހެކި ބަލައިގަތުމާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމަށް މާދަމާއަށް ތާވަލުކޮށްފި އެވެ. 

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ. 

އެ މައްސަލައިގައި މާދަމާ އޮންނަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށައަޅަން ޖެހޭ ލިޔެކިޔުންތައް ބަލައިގަތުމާމެދު ގޮތެއް ނިންމާނެއެވެ. 

އެ މައްސަލައިގެ އިތުރުންވެސް ހައިކޯޓުގައި ރައީސް ޔާމިނުގެ ދެ މައްސަލައެއް އެބައޮތެވެ. 

އެއް މައްސަލައަކީ ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ހުކުމާއި ގުޅޭ މައްސަލައެވެ. 

ދެން އޮތީ އެ ހުކުމް ކުރިތާ 62 ދުވަސް ފަހުން އެމަނިކުފާނުގެ މައްޗަށް 53 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 6 މަސްތެރޭ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެން އިސްތިއުނާފުކުރި މައްސަލައެވެ. 

މި ދެ މައްސަލައިގައިވެސް ކޯޓުން ވަރަށް އަވަހަށް ގޮތެއް ކަނޑައަޅާނެއެވެ. 

ރައީސް ޔާމިނުގެ ޤާނޫނީ ވަކީލުން ވިދާޅުވަނީ އާރަށުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަމަށެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ހައިކޯޓު މަރުހަލާއިން ރައީސް ޔާމިން މިނިވަންވެ ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ޤާނޫނީ ޓީމުން ދަނީ ވިދާޅުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ