މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު/ ފޮޓޯ: މިހާރު
ހަބަރު
10 Apr 2023 | 23:38
ރައީސް ޔާމީން ކުޑަގޮޅީގައި ބޭއްވުމަކީ އިންސާފެއް ނޫން: ޒަމީރު

ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މި ރޯދަމަހު ވެސް ޖަލުގެ ކުޑަގޮޅީގައި ބޭއްވުމަކީ އިންސާފެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ. 

ޒަމީރު މިފަދައިން ވިދާޅުވެފައިވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް ޔާމިނަށް ރޯދަމަހަށް ވެސް ސަރުކާރުން އެމަނިކުފާނަށް ލުޔެއް ދެއްވާފައި ނުވާތީ އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ރައީސް ޔާމީނުގެ އެންމެ ކާމިޔާބު އެއް މަސައްކަތް ކަމަށްވާ ހުޅުމާލެ ބްރިޖު ފެނިގެންދާ ފޮޓޯއެއް ހިއްސާކުރައްވާ ޒަމީރު ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ދިޔަވަހި ހިއްކަވާ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވާދެއްވުމަށް 16 ޓަވަރު އަޅުއްވާ ދެއްވާފައިވާ ކަމަށެވެ. 

ފަސް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ދިޔަވަހި ހިއްކާ ފްލެޓުތައް އެޅުއްވުމަށްފަހު މާލެއާއި ހުޅުމާލެ ގުޅާލުމަށް ބްރިޖެއް އަޅުއްވާދެއްވާފައި ވާއިރު، އެ ޚިދުމަތްތައް މިހާރުވެސް ރައްޔިތުން ހޯދަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ރައީސް ޔާމިން ކޮށްދެއްވި އެ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބެމުންދާކަންވެސް ފާހަގަކުރެއްވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ރައްޔިތުންނަށް އެފަދަ އަގުރުހި ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރަކި މި ރޯދަމަހުވެސް އޮންނަވަން ޖެހިވަޑައިގަންނަވަނީ ޖަލުގެ ކުޑަ ގޮޅީގައި ކަމަށެވެ. 

އެހެންކަމުން އެއީ އިންސާފުވެރި ގޮތެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ޒަމީރު ވިދާޅުވި އެވެ. 

ރޯދަމާހައި ދިމާކޮށްވެސް ރައީސް ޔާމިނަށް ސަރުކާރުން ކުޑަވެސް ލިޔެއް ދެއްވާފައިނުވާތީ އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ ސިލްސިލާގޮތެއްގައި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާކުރަމުން ނެވެ. 

ކޮމެންޓް
އިންތި
ކަމެއް ކޮއްދީފިއްޔާ ޖެހޭތޯ ކުޝަކަން އަރައިގަންނައް
11 Apr 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.