މޫސާ ސަފީލް ފައްޔާޒް އިސްމާއިލަށް ފޯމް ހަވާލު ކުރައްވަނީ---
ހަބަރު
10 Apr 2023 | 22:06
ގުޅީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފި

ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

އެގޮތުން މޫސާ ސަފީލް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޯމް ހަވާލުކުރައްވާފައެވެ.

ގުޅި ހިމެނޭ ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ކެމްޕޭނަށް ރައީސް ޞާލިހު ވަނީ މިއަދު އެރަށަށް ވަޑައިގެންފައެވެ. އަދި އެ ރަށުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަފީލްއަކީ ގުޅިއަށް ބޭނުންވާ ތަރައްގީ ގެނައުމުގައި އިސްދައުރެއް އަދާ ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ސަފީލް ވިދާޅުވެފައިވަނީ އޭނާ މިއަދު އެމްޑީޕީއަށް ސޮއިކުރެއްވީ ވޭތުވެދިޔަ ސަރުކާރުތަކުން ގުޅި ބާކީ ކޮށްލާފައި އޮތް އޮތުން މިއަދުގެ ސަރުކާރުން ނިމުމަކަށް ގެންނަވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދެއްވަމުން ގެންދަވާކަން ހިތުގެ އަޑިން ޤަބޫލުކުރެވޭތީ ކަމަށެވެ.

މިއާއިއެކު އެމްޑީޕީއަށް ސޮއިކުރެއްވީ މިހާރު ކުރިޔަށްދާ ކަންކަމާ ކުރިޔަށް ގެންދެވެންހުރި އެންމެހާ ކަންކަން ކުރިޔަށް ގެންދިއުމުގައި ސަރުކާރަށް އިތުބާރާއި ޔަޤީންކަން ދިނުމުގެ ގޮތުން ކަމަށްވެސް ސަފީލް ވިދާޅުވެފައިވެއެވެ.

އަދި މިކަންވާނީ މިއަދުގެ ސަރުކާރާއި އެކު އެންމެން ތިބެގެން އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ހޮވައިގެން ކަމަށް ސަފީލް ވިދާޅުވިއެވެ.

ގުޅީ ކައުންސިލަށް އަމިއްލަގޮތުން ވާދަކުރައްވައިގެން އިންތިހާބުވެވަޑައިގެންނެވި ސަފީލްގެ އިތުރުން ގުޅީގެ ބައެއް ރައްޔިތުންވެސް ވަނީ މިއަދު އެމްޑީޕީއާއި ގުޅިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ