މާރސީގެ ހަދިޔާ ވަށި އާއިލާ އަކަށް ފޯރުކޮށްދެނީ-- ފޮޓޯ/ މާރސީ
ހަބަރު
11 Apr 2023 | 22:53
މާރސީ ގެ ހަދިޔާ ވަށިން ހާލުގައި ދިރިއުޅޭ 30 ޢާއިލާ އަކަށް އެހީ ފޯރުކޮށްދީފި

މާރސީ ގެ "ހަދިޔާ ވަށި" މެދުވެރިކޮށް ހާލުގައި ދިރިއުޅެމުންދާ 30 ޢާއިލާ އަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. 

މާރސީގެ ހަދިޔާވަށި ޕްރޮގްރާމަކީ، މަތިވެރި ރަމަޟާން މަހުގައި، މި ކުޑަ މުޖުތަމަޢުގައި ދަތި ޙާލުގައި ދިރިއުޅޭ ފަރާތްތަކާއި، ކިރިޔާވެސް ފުދިގެން އުޅޭ ފަރާތްތަކަށް ޞަދަޤާތްކުރެވޭނެ މަގެއް ހުޅުވައި، މުޖުތަމަޢުން އެއްވެސް ބަޔަކު ބާކީ ނުކޮށް، އެކަކު އަނެކަކަށް އެހީތެރިވެ ހެދުމަކީ އުފަލަކަށް ހެދުމުގެ މަގުސަދު ގައި އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 

މިޕްރޮގްރާމްގެ ދަށުން މި ރަމަޟާން މަހުގައި މިހާތަނަށް 17 ޢާއިލާ އަކަށް 1,500 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް މާރސީ އިން މައުލޫމާތު ދެއެވެ. އަދި އިތުރު 13 ޢާއިލާ އަށް މިރޭގެ ވަގުތެއްގައި އެހީ ފޯރު ކޮށްދެވޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އެ ޢާއިލާ ތަކަށް އެހީ ފޯރުކޮށްދީފައިވަނީ ޢާއިލާ ތަކުގެ ހާލަތު ރަނގަޅަށް ބެލުމަށްފަހުގައި ކަމަށްވެސް މާރސީ އިން ފާހަގަކޮށްފައިވެއެވެ. 

މިއީ މާރސީގެ ހަދިޔާ ވަށި ޕްރޮގްރާމް ބާއްވަމުންދާ 5 ވަނަ އަށްވީ އަހަރެވެ. މިއަހަރުވެސް އެ ޖަމިއްޔާގެ އަމާޒަކީ 30 ޢާއިލާ އަކަށް 1,500 ރުފިޔާގެ އެހީ ފޯރުކޮށްދިނުން ކަމުގައި މީގެ ކުރިން އެ ޖަމިއްޔާ އިން ބުނެފައިވާއިރު، އެ ޓާގެޓާއި އެއްގޮތަށް 30 ޢާއިލާ އަކަށް އެހީ ފޯރުކޮށްދެވިގެންދާނެ ކަން މިއަދު އެވަނީ ހާމަކޮށްދީފައެވެ.

މާރސީއަކީ، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާއަކަށް ވުމަށްފަހުގައާއި އޭގެ ކުރިންވެސް މާރސީގެ ފަރާތުން ވަނީ އެހީތެރިކަން ބޭނުންވެފައިވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޚާއްޞަގޮތެއްގައި އެކިއެކި ފަންޑްރައިޒް އިވެންޓްތަކުން ގިނަ ޢަދަދެއްގެ އެހީތެރިކަން އެކި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.