އއ. އުކުޅަސް-- ފޮޓޯ/ޕީއެސްއެމް
ހަބަރު
13 Apr 2023 | 19:34
އުކުޅަހުގައި ރޯދަމަހު ދުވާލު ވަގުތުގައިވެސް، ފާޅުކަންބޮޑުކޮށް ކެއިންބުއިމުގެ ޚިދުމަތް

މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައިވެސް އއ. އުކުޅަހުގައި ރެސްޓޯރެންޓް ތަކާއި ޓޭކްއަވޭ ކެފޭތަކުން ކެއިން ބުއިމުގެ ޚިދުމަތް ފާޅުކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި، އެންމެހައި މުސްލިމުން ރޯދައަށް ތިބޭ ގަޑި ތަކުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމު ތަންތަނުގައި، ބިދޭސީންނާއި، ފަތުރުވެރިންވެސް ކައިބޮއި ހެދުމަކީ "ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު" ދަށުން ހުއްދަ ކަމެއް ނޫނެވެ.

އަދި އެއާއި ޚިލާފަށް ބައެއް ރަށްރަށުގައި ފަތުރުވެރިން ކައިބޮއި އުޅޭކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީ ހުށަހެޅޭތީ އެ މިނިސްޓްރީން ވަނީ އެކަމާއި ގުޅޭގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލް ތަކަށް ވެސް ސާކިއުލާއެއް ފޮނުވައި، ފަތުރުވެރިން ގެންނަ ފަރާތްތައްވެސް އެކަމަށް ސަމާލު ކުރުވުމަށް ކައުންސިލް ތަކަށް އަންގާފައެވެ.

އާއްމު ތަންތަނުގައި ކެއިން ބުއިމާއި ގުޅޭގޮތުން ކައުންސިލް ތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާ--

މިނިސްޓްރީ އިން މިފަދަ އެންގުމެއް އަންގާފައިވީ ނަމަވެސް، އުކުޅަހުގައި ރެސްޓޯރެންޓް ތަކާއި ޓޭކްއަވޭ ކެފޭތަކުން އަންނަނީ ދުވާލުގެ ވަގުތުގައިވެސް ޢާއްމުންނަށް ފެންނަހެން، ވަރަށް ހާމަކަން ބޮޑުގޮތެއްގައި ކެއިން ބުއިމުގެ ޚިދުމަތް ފަތުރުވެރިންނަށް ދެމުންނެވެ. 

ރޯދަ މަހު ދުވާލުގެ ވަގުތުގައި އުކުޅަހު ރެސްޓޯރެންޓެއްގައި ފަތުރުވެރިންތަކެއް ކަނީ

އެކަމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެމުން އުކުޅަހުގެ ރައްޔިތަކު ބުނީ، ފާއިތު ރަމަޟާން މަހުގައިވެސް އެރަށުގައި އާއްމު ތަންތަނުގައި ފަތުރުވެރިން ކައިބޮއި އުޅޭ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ. އަދި މިއަހަރުވެސް އެ ރަށުގެ ރެސްޓޯރެންޓް ތަކާއި، ޓޭކްއަވޭ ކެފޭތަކުން ވެސް، ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދެމުން އަންނަ ކަމަށާ، އެފަދައިން ކަން ކުރަމުން އަންނަކަން ރަށުގެ އެންމެނަށްވެސް އެނގޭ ކަމަށެވެ. 

އަދި އެފަދައިން ފަތުރުވެރިން ކައިބޮއި ހަދާއިރު، އެ ރެސްޓޯރަންޓް ތަކާއި މަގުތީގައިވެސް، އެމީހުން އުޅެމުންދަނީ ނިވާކަން ކުޑަ ހެދުން ލައިގެން ކަން އެފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. އެ ރަށަކީ ޢާއްމުކޮށް ވެސް، އާއްމު ތަންތަނުގައި ފަތުރުވެރިން ނިވާކަން ކުޑަކޮށް އުޅޭ ރަށަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހުވެސް އެފަދަ މަންޒަރުތައް އެންމެނަށް ފެންނަމުންދާތީ އެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ރޯދަ މަހު ދުވާލުގެ ވަގުތުގައި އުކުޅަހު ރެސްޓޯރެންޓެއްގައި ފަތުރުވެރިންތަކެއް ކަނީ

"ރެސްޓޯރެންޓް ތަކުގައި ވަރަށް ހާމަކަން ބޮޑުކޮށް އެތަނުގެ ކައިރިން ހިނގާ އެންމެނަށްވެސް ފެންނަ ގޮތަށް އެ ތިބެނީ ކާން. އަދި ތިބެނީ ނިވާކަން ކުޑަ ހެދުން އަޅައިގެން. ބައެއް މީހުން އެއްޗެއް ލައިގެން ތިބި ނަމަވެސް، ތުނި ކަމުން ގައި އެއްކޮށް އެބަ ފެނޭ. އެ ހާލުގައި ތިބެގެން ރަށުގެ އެކި ތަންތަނުގައި އެމީހުން (ފަތުރުވެރިން) ކައިބޮއި އެ ހަދަނީ."

މި މައްސަލަ އާއި ގުޅިގެން "ވޮއިސް" އަަށް މަޢުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ނާއިބު ރައީސް ހުސައިން ރިޔާޒު ވިދާޅުވީ، އެރަށު ރެސްޓޯރެންޓް ތަކާއި އާއްމު ތަންތަނުގައި ފަތުރުވެރިން ކައިބޮއި ހަދާ މައްސަލަ އެ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާ، އެކަމާއި ގުޅިގެން މީގެ ދެތިން ދުވަސް ކުރިން ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަދެކެވިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެފަދަ މައްސަލަ އެއް ކައުންސިލަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކައުންސިލްގެ ނާއިބު މިފަދައިން ވިދާޅުވި ނަމަވެސް، އިއްޔެގެ  މެންދުރުގެ ވަގުތުގައިވެސް އެރަށުގެ ކެފޭ ރެސްޓޯރަންޓް ތަކުގައި ފަތުރުވެރިންނަށް ހާމަކަން ބޮޑުކޮށް ކެއިން ބުއިމުގެ ޚިދުމަތް ދީފައިވާކަމަށް އެރަށުގެ ރައްޔިތަކު ވޮއިސް އަށް ވަނީ މައުލޫމާތު ދީފަ އެވެ. 

"އިއްޔެގެ މެންދުރު ވަގުތު ގައިވެސް ބަނދަރުގައި ހުންނަ ތަން ފުރާލާ ފަތުރުވެރިން ކައިބޮއި ހަދަން ތިބި. އެތަނުން ހިނގާ އެންމެނަށްވެސް ފެންނާނެ. ލައިގެން ތިބެނީވެސް ނިވާކަން ކުޑަ ހެދުން."

ލޯކަލް ޓޫރިޒަމް ފައްކާވެފައިވާ އުކުޅަހުގައި ރޯދަމަހުގައި އާއްމު ތަންތަނުގައި ފަތުރުވެރިން ކައިބޮއި ހެދުމުގެ އިތުރުން ނިވާކަން ކުޑަ ހެދުން ލައިގެން އުޅުމަކީވެސް މިހާރު ޢާއްމު ކަމެކެވެ. އެ ގޮތުން އެރަށު ސިއްހީ މަރުކަޒަށް ވެސް އެފަދަ ހާލުގައި ތިބެ ފަތުރުވެރިން ދާ މައްސަލަ ފާއިތުވި އަހަރު ތެރޭގައިވެސް ބޮޑުވެ، އެފަދައިން ދާ ނަމަ ޚިދުމަތް ނުދޭނެ ކަމަށްވެސް ހޮސްޕިޓަލުން އަންގައި އިއުލާނުވެސް ކުރިއެވެެ. 

ސަރުކާރުގެ ޚިދުމަތްދޭ ތަންތަނުގެ އިތުރުން ރަށުގެ މަގުތަކާއި އާއްމުން އެއްވެ އުޅޭ ތަންތަނުގައި ފަތުރުވެރިން ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އެކަމުގެ ޒިންމާ އެ ރަށު ކައުންސިލާއި، ގެސްޓްހައުސް ތަކުން ނުނަގާތީ އާއްމުން އިންތިހާއަށް ޝަކުވާ ކުރެއެވެ. 

ކޮމެންޓް
ޙަސިންތަ
ރަށް ހަލާކުވިޔަސް ދީން ވެއްޔާ މޮޑެވުނަސް ބަލާނެ ކަމެއް ނެތް. ލާރި ނުލިބިގެންނު ތެޅި ބާލަނީ، ލާރިޔާހެދި މަރުދަން ޖެހިފަ، ހޯދުނު ގޮތަކަށް ހޯދަނީ، ހަގީގަތުގަވެސް މިހާ މީހުން ހަޔާތްކުޑަ ގައުމެއް ނޯންނާނެ
14 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.