ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
12 Apr 2023 | 02:46
ދެވަނަ ހާފުގައި ކާމިޔާބު ކުރި ދެލަނޑާއެކު އެޑްވާންޓޭޖް އިންޓަރ މިލާނަށް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް އިންޓަރ މިލާނުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި ބެންފީކާ ޕޯޗުގަލްގެ މިޑްފީލްޑަރު ރަފާ ސިލްވާއަށް މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ އިންޓަރ މިލާންގެ ކެމަރޫން ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ ދިފާއުކޮށްފައެވެ.

މިހާފުގައި އިންޓަރ މިލާނުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޑިފެންޑަރު ފްރާންސެސްކޯ އަސެރްބީ އަށެވެ. ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމު އެއްވަރުވެގެންނެވެ.

ދެވަަނަ ހާފްގައި އިންޓަރ މިލާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ވަރަށް ކުރީކޮޅު މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ނިކޮލޯ ބަރޭލާއެވެ. މިއީ އެޓީމުގެ ޑިފެންޑަރު އަލްސެންދްރޯ ބަސްޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އިންޓަގެ ދެވަަނަ ލަނޑު ފަހު ހާފުގެ 82 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ ބެންފީކާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

ދެ ލަނޑުގެ ލީޑެއް އިންޓަރ މިލާނުން އޮވެ މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނަތީޖާގެ ފަރަގު ކުޑަކޮށްލުމަށް ބެންފީކާގެ ޒުވާން ފޯވާޑް ގޮންކާލޯ ރާމޯސްއަށް ވަނީ ރަނުގެ ފުރުސަތެއްލިބި ބޭނުންނުކުރެވިފައެވެ.

މިރޭގެ މެޗު 2-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ކާމިޔާބުކުރުމުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އިޓަލީގައި ކުޅޭ ދެވަަނަ ލެގު އެއްވަރުކޮއްލައިގެންވެސް ސެމީއަށް ދިއުމުގެ ފުރުސަތު މިހާރު އިންޓަރ މިލާނަށް އެބައޮތެވެ.

މިދެޓީމު އެންމެ ފަހުން ޗެމްޕިއަންސްލީގުގައި ވާދަކޮށްފައި ވަނީ 2004 ވަނަ އަހަރުގެ މުބާރާތުގެ ދެވަަނަ ބުރުގައެކެވެ. އެފަހަރު ބެންފީކާގެ ދަނޑުގައި ދެޓީމު އެއްވަރުވިއިރު، އިންޓަރ މިލާނުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު އެޓީމުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ