އަލް ނަސްރުގެ ކޯޗު ރުޑީ ގާސިއާ
ކުޅިވަރު
12 Apr 2023 | 20:12
އަލް ނަސްރުގެ ކޯޗު ރުޑީ ގާސިއާ މަގާމުން ވަކިކޮށްފި!

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ޕްރޮފެޝަނަލް ލީގުގެ ކުލަބު އަލް ނަސްރު އިން އެޓީމުގެ ކޯޗު ރުޑީ ގާސިއާ މަގާމުން ވަކިކޮށްފި ކަމަށް ސްޕޭނުގެ ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ރިޕޯޓް ކޮށްފިއެވެ.

އުމުރުން 59 އަހަރުގެ ގާސިއާ އަލް ނަސްރުގެ ކޯޗުކަމާއި ހަވާލުވީ 2022 ވަނަ އަހަރުގެ ޖޫންމަހު ތެރޭގައެވެ. އޭގެކުރިން އޭނާ ވަނީ ފުރާންސްގެ މާސޭ، ލިޔޯން، ލިއްލެގެ އިތުރުން އިޓަލީގެ ރޯމާއަށް ވެސް ކޯޗުކަން ކޮއްދީފައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލް ނަސްރުން ރުޑީ ގާސިއާ މަގާމުން ވަކިކޮށްފައިވަނީ މިސީޒަނުގައި އެޓީމުން ދައްކަމުން އަންނަ ދަށް ކުޅުމުގެ އިތުރުން ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންނާއި މައްސަލަޖެހި އޭނާގެ އަތުން ޓީމުގެ ކޮންޓްރޯލް ގެއްލިފައިވާތީއެވެ.

އަލް ނަސްރު އިން މިސީޒަނަށް ބޮޑު ހޭދައެއްކޮށް ވަރުގަދަ ޓީމެއް ގާސިއާއާއި ހަވާލުކުރި ނަމަވެސް ލީގުގައި ކޮންމެ ޓީމަކަށް ބާކީ 7 މެޗު އޮތްއިރު އެ ޓީމު މިވަގުތު އޮތީ ތާވަލްގެ ދެވަނައިގައި އެވެ. އަދި ސައުދީ ކިންގް ކަޕްގެ ސެމީ ފައިނަލުން އެޓީމު ކެޓިއިރު ލީގުގައި އެންމެ ފަހުން ކުޅުނު މެޗު އެއްވަރުވުމުން އެއްވަނާގައި އޮތް އަލް އިއްތިހާދަށް ވަނީ ތިން ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.

އަލް ނަސްރުގެ ކޯޗުގެ މަގާމު މިވަގުތު ހުސްވެފައި ވާއިރު އެމަގާމަށް ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ގެނައުމަށް އެކުލަބުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި އަންނަ ސީޒަނުގައި މޮރީނިއޯ އެޓީމުން ފެނުމުގެ ފުރުސަތު ބޮޑުކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ