ފެނަކަ އެމްޑީ ސައީދު/ ފޮޓޯ: ޖަޒީރާ
ހަބަރު
13 Apr 2023 | 12:00
ފެއިލުވެފައިވާކަމަށް ބުނާ ސަރުކާރުގެ ވަޒީފާތަކުގައި ތިބުމަކީ ޖޯކެއް: ސައީދު

މި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނާ ފަރާތްތައް ސަރުކާރުގެ ވަޒީފާތަކުގައި ތިބުމަކީ ޖޯކެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސަޢީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދަޢުރެއް ދޭން ޖެހޭކަމަށް ޤަބޫލު ނުކުރާކަމަށް ވިދާޅުވާ ބައެއް ފަރާތްތައް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާތީ، އެކަމަށް ފާޑުވިދާޅުވަމުން ކުރެއްވި ޓްވީޓެއްގަ އެވެ. 

ބެލެވޭގޮތުގައި ސަޢީދުގެ ފާޑުކިޔުން އަމާޒުކުރައްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ދާދިފަހުން ވަކިކުރެއްވި ހުސެއިން އަމްރުއަށް ކަމަށް ބެލެވެއެވެ. އެއީ މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން އަމްރު ގެންދަވަނީ ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔުއްވަމުންނެވެ.

ވަކިން ޚާއްސަކޮށް ފެނަކް ކުންފުނީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

ސައީދުގެ އެ ޓްވީޓުގައި ވަކި ފަރާތެއްގެ ނަން ވިދާޅިވެފައި ނުވާތީ އެ ފާޑުކިޔުންތައް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ގޮތްޕަށް ނިސްބަތްވާ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި ޖުމްޙޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަށް ވެސް ރައްދުވެއެވެ. 

ސައީދު ވިދާޅުވީ ފެއިލްވެފައިވާ ސަރުކާރެއްނަމަ، އެފަދަ ސަރުކާރުގެ މަގާމުތަކުން ރައީސުލްޖުމްޙޫރިއްޔާ ވަކިކުރަންދެން ތިއްބެވުމަކީ ޖޯކެއް ކަމަށެވެ. ސަރުކާރު ފެއިލްވެފައިވާކަމަށް ޤަބޫލުކުރެވޭއިރު މަގާމުތަކުން އިސްތިއުފާދެއްވަން ކެރިވަޑައިނުގަންނަވާ ސަބަބަކީ ކޮބައިތޯ ސައީދު ވަނީ ސުވާލުކުރައްވާފަ އެވެ.

"ފެއިލްވެފައިވާ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ ވަޒީފާއިން ވަކިކުރަންދެން ހުރުން ބޮޑު ޖޯކެއް. ސަރުކާރު ފެއިލްވީކަމަށް ޤަބޫލުކުރެވޭނަމަ އިސްތިއުފާ ނުދެއްވީ ކީއްވެބާ؟ 

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްޙޫރީ ޕާޓީން ވަކިން ނިކުތުމަށް ނިންމާ އެ ޕާޓީގެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްކަމަށް ކަނޑައެޅުމާއެކު ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ޖޭޕީގެ ވަޒީރުން މަޤާމުތަކުން އިސްތިއުފާ ނުދެއްވާނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ މަޤާމުތަކުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. 

އޭގެ އިތުރުން ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތައްވެސް މި ފަހުން ވަނީ ސަރުކާރުގެ މަޤާމުތަކުން ވަކިކޮށްފަ އެވެ. 

ކޮމެންޓް
އދ
ވަކިވަރަކަށް އަމިއްލަ އެދުމުން ފޯވީމަ ވާނީ ތިހެން
13 Apr 2023
މޮހޮދޭ
ބަލަ ތިއަށްވުރެންމާގޯސް ރައްޔިތުންގެ ފައިސާ ކަޓުވާލީމަ.ހަވާލުގެން ހުރި ކުންފުނި އެއޮތީ އޮތް ހާލު.ދަރަނި މައްޗަށް ދަރަނި ނަގައިގެންމަވެސް ތަންތާގެ ބިންގާ އަޅާފާނަން.
14 Apr 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.