ރެއާލް މެޑްރިޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
13 Apr 2023 | 02:50
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެމްޕިއަން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ޗެލްސީގެ ޖާއު ފެލިކްސް އަދި ރަހީމް ސްޓާލިންއަށް ވަނީ ލަނޑު ޖަހާނެ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ.

މިރޭގެ މެޗުގައި ރެއާލް މެޑްރިޑަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ ދިފާއުކޮށް ބޭރަށް ނެރުނު ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް އެޓީމަށް އިތުރު މައްސަލަތަކެއް ދިމާވީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުގެ އިގިރޭސި ޑިފެންޑަރު ބެން ޗިލްވެލްއަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއީ ރެއާލް މެޑްރިޑުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ ބޯޅަ ހިފައިގެން ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެެރެއަށް ވަންނަން އުޅެނިކޮށް ޗިލްވެލް އޭނާ ވައްޓާލުމަށް ރެފްރީ ދެއްކި ކާޑެކެވެ.

އެއްކުޅުތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީ ކޮޅަށް ރެއާލް މެޑްރިޑުން ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މާކޯ އަސެންސިއޯއެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗު ނިމެން ދަނިކޮށް ޗެލްސީގެ އިގިރޭސި މިޑްފީލްޑަރު މައުންޓަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްލުމަށް ތަނުގެ ފުރުސަތެއްގައި ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ. ދެވަަނަ ހާފުގެ އިތުރު ވަގުތުގައި ރެއާލް މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ޖަރުމަނު ޑިފެންޑަރު ރުޑިގާ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ޗެލްސީގެ ދަނޑުގައި މިދެޓީމު ކުޅޭ ދެވަަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ. މި މެޗު އެއްވަރު ކޮށްލައިގެން ވެސް ރެއާލް މެޑްރިޑަށް ސެމީގެ ފުރުސަތު ލިބެން އެބައޮތެވެ.

މިދިޔައަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިދެޓީމު ވާދަކުރި ފުރަތަަމަ ލެގުގެ މެޗު ޗެލްސގެ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވިއިރު ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އެވެ. އަދި ރެއާލް މެޑްރިޑަށް ސެމީގެ ފުރުސަތު ލިބުނީ 5-4 ގެ އެގްރިގޭޓު ނަތީޖާއަކުން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.