ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
13 Apr 2023 | 22:16
މީގެ ކުރީގައި އެމްބިއުލާންސްތަކެއް ނަމަކަށް ހުރި ރަށްރަށްވެސް އެބަހުރި: މިއުވާން

މީގެ ކުރިން ބައެއް ރަށް ރަށުގައި ހުރި އެމްބިއުލާންސް ތައް ހުރީ ހަލާކުވެ ބޭނުން ނުކުރެވޭ ގޮތަށް ކަމަށާ، އެ ރަށް ރަށުގައި އެމްބިއުލާންސް ހުރީ ނަމަކަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ގިނަ ރަށްތަކުގެ އެމްބިއުލާންސްތައް ހުރީ ހަލާކުވެފައި ކަމަށާއި، އެ އެމްބިއުލާންސްތައް ހުރީ ނަމަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް އެ ޚިދުމަތް ނުލިބޭތީ، އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ކުރި މަސައްކަތުން މިދައުރުގެ ތެރޭގައި 127 ރަށަކށް އެމްބިއުލާން ފޯރުކޮށްދެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި އަލަށް އެމްބިއުލާން ފޯރުކޮށްދެވުނު ރަށްތައް ހިމެނޭ ކަމަށް މިއުވާން ވިދާޅުވިއެވެ. 

"މީގެ ކުރީގައި އެމްބިއުލާންސްތަކެއް ނަމަކަށް ހުރި ރަށްރަށްވެސް އެބަ ހިމެނޭ. އަދި އެމްބިއުލާންސްތަކުގެ ބަދަލުގައި ހަމައެކަނި ވެހިކަލްތަކެއް ބާއްވައިގެން އެމްބިއުލާންސްގެ ހިދުމަތް ދެމުންގެންދިޔަ ރަށްރަށްވެސް ހިމެނޭ. އެހެންކަމުން މިހުރިހާ ރަށްރަށް ހިމެނޭގޮތަށް މިހާތަނަށް 127 ރަށަކަށް ވަނީ އެމްބިއުލާންސް ފޯރުކޮށްދެވިފައި" މިއުވާން ވިދާޅުވިއެވެ.

މިއާއެކު މިއުވާން ވިދާޅުވީ، އަދިވެސް އިތުރު އެމްބިއުލާންސް ތައް ގެނައުމަށް ސަރުކާރުން މަސައްކަތް ނިންމާފައިވާ ކަމަށާ، އަލަށް ގެނައުމަށް ހަމަޖެހިފައިވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ހަމެޖެހިފައިވަނީ، އެމްބިއުލާންސް މަރާމާތު ކުރަން ހަމަޖެހިފައިވާ ރަށްރަށަށް ނުވަތަ އެމްބިއުލާންސް އެއްގޮތަކަށްވެސް ނެތް ރަށްރަށަށް އިސްކަންދީގެން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން 20 އެމްބިއުލާންސް ހޯދުމަށް އެޕްރީލްމަހު އެސްޓީއޯއާއެކު މިނިސްޓްރީ އޮފް ހެލްތުން ވަނީ ސޮއިކޮށްފަ. މިއެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސް ކުރިއަށް މިއޮތް 3 މަސްދުވަހުގެ ތެރޭގައި ހެލްތު މިނިސްޓްރީއާ އެސްޓީއޯއިން ހަވާލުކުރައްވާނެ. އަދި އިތުރަށްވެސް އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރިއަށްއެބަދޭ." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފޯރުކޯށްދިނުމަށް އެއްބަސްވެފައިވާ 8 ޕެރަމެޑިކް އެމްބިއުލާންސް ކުރިއަށް އޮތް މަދު ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ޖަޕާނު ސަރުކާރުގެ ފަރާތުން މައުލޫމާތުދޭ ކަމަށްވެސް މިއުވާން ފާހަގަކުރެއްވި އެވެ.

ކޮމެންޓް
މިއަދު
ކުރިއެ ކުރިއެ ނުކިޔަަ ދުނިޔޭގެ އުމުރަށް ހަލާކުނުވެ ހުންނަވަރުގެ އެއްޗެތި ގެނަސްބަލަ ތިލަމާލެ ބުރިވައްތަރުގެ މުޅިގައުމު ދަވާލައިގެން ކައިހުސްކޮށް ކޮން އެއްޗެއްކިޔާކަށް
13 Apr 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.