މެންޗެސްޓާ ޔުނައިޓެޑާއި ސެވިއްޔާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
14 Apr 2023 | 15:39
ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް ސެވިއްޔާ އިން ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި!

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ސެވިއްޔާ އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ފުރަތަަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ސެވިއްޔާއަށް މެޗުގެ ނަތީޖާ އެއްވަރު ކުރެވުނީ ދެވަަނަ ހާފްގައި  މެންޗެސްޓާ ޔުނައިޓެޑާއި ކެޕްޓަން  ހެރީ މެގުއާ އާއި ޓައިރެލް މަލާސިއާ އަތުން ބައިކޮޅަށް ވަތް ދެ ލަނޑުންނެވެ.

ރޭގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާސެލް ސަބިޓްޒާ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ ފްރާންސް ފޯވާޑް މާޝިއަލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސެވިއްޔާ އިން ކާމިޔާބުކުރި ފުރަތަަމަ ލަނޑަކީ ދެވަަނަ ހާފުގެ 84 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރު މަލާސިއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑަކީ ދެވަަނަ ހާފުގެ އިތުރު ވަގުތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ފާއިތުވި 17 ސީޒަނުގައި ހަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ހަތް ވަނަ ފަހަރަށް ތަށި އުފުލައިލުމުގެ އަމާޒު ހިފާފައިވާ ސެވިއްޔާއަށް، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. މިދެޓީމު ކުއާޓާ ފައިނަލުގެ ދެވަަނަ ލެގުގައި ސެވިއްޔާގެ ދަނޑުގައި ކުޅޭ މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ.

ރޭ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ބަޔާ ލެވަކޫސަން ވަނީ 1-1 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިން ގިލޮއިސްއާ އެއްވަރުވެފަ އެވެ. ފެޑްރިކޯ ގައްޓީގެ ލަނޑާ އެކު ސްޕޯޓިން ލިޒްބަން އަތުން 1-0 އިން ޔުވެންޓަސް މޮޅުވިއިރު، ހޯސޭ މޮރީނޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާ ވަނީ 0-1ގެ ނަތީޖާއަކާ އެކު ފެޔަނޫޑް އަތުން ބަލިވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.