އަޝްފާގު ވެލެންސިއާ ދެކޮޅަށް ކުޅެނީ
ކުޅިވަރު
15 Apr 2023 | 01:17
އަޝްފާގުގެ ދެ ލަނޑާއެކު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ވެލެންސިއާ ކޮޅަށް 5 ލަނޑުޖަހައިފި!

ގައުމީ ފުޓްބޯޅަ މުބާރާތުގެ ދެވަަނަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ 5-0 ގެ ނަތީޖާއަކުން ބަލިކޮށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅެވުނު މެޗު ފުރަތަަމަ ހާފުގެ ފަސް ވަނަ މިނެޓުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބަށް ލީޑު ނަގައިދިނީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގުއެވެ. މިއީ މިދިޔަ އަހަރުގެ ސީޒަން ހުޅުވުނު ގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗަށް ފަހު އަނިޔާގެ ސަބަބުން އަހަރެންހާ ދުވަހު ފުރަތަަމަ ޑިވިޝަނުގެ ފުޓްބޯޅަ އާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ގަލޮޅު ދަނޑުގައި އަޝްފާގު ކުޅުނު ފުރަތަަމަ މެޗެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ދެވަނަ ލަނޑު އޭގެ ދެމިނެޓު ފަހުން ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު މިރޭގެ މެޗަށް ނިކުތް ވެލެންސިއާގެ ޓީމަށް މި މެޗުގައި ވާދަވެރި ކުޅުމެއް ނުދެއްކުނުއިރު ދެވަނަ ހާފުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މި ގޮތުން އެޓީމުގެ ތިން ވަނަ ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަޚާއު އެވެ.

މިމެޗުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގް އެވެ. އަދި އެޓީމުގެ ފަސް ވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ރޭ ވެސް ކުޅުމަށް ހަމަޖެހިފައިވާ އިރު އެމެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މިއީ މި މުބާރާތުގައި މިދެޓީމު ވެސް ކުޅޭ ފުރަތަަމަ މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.