ރާއްޖޭގެ އެއްވަނަ އަންހެން ޕެއާ ރަފާ އަދި ދީމާ
ކުޅިވަރު
15 Apr 2023 | 01:44
ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕަށް ސައުތު އޭޝިއާ އިން ކޮލިފައިވި ތިން ޕެއާ ތެރޭގައި ރާއްޖޭގެ އެއްވަނަ އަންހެން ޕެއާ ހިމެނިއްޖެ!

ޑާބަންގައި މިއަހަރުގެ މެއި 20-28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އެންމެ ބޮޑު މުބާރާތަށް ވޯލްޑް ޗެމްޕިއަންޝިޕަށް ސައުތު އޭޝިއާ އިން ކޮލިފައިވި ތިން ޕެއާ ތެރޭގައި ރާއްޖޭގެ އެއްވަނަ އަންހެން ޕެއާ ހިމެނިއްޖެ އެވެ.

މި މުބާރާތަށް މިސަރަހައްދުން ކޮލިފައިވެފައިވަނީ ރާއްޖޭގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސްގެ އެއް ވަނަ ޕެއާ، އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ގެ އިތުރުން އަވަށްޓެރި އިންޑިޔާގެ ދެ ޕެއާ އެކެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަނެއްކާ ވެސް މި ދެ ކުދިން މި ވަނީ ގައުމު ފަހުރުވެރިކޮށްދީފައި،" ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފައިވެ އެވެ.

ދީމާ އާއި ރަފާ ވެސް މި ވަގުތު އަންނަނީ ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބު ހޯދުމަށް ރާއްޖޭން ބޭރުގައި އެކި ޓްރެއިނިންތައް ފުރިހަމަކުރަމުންނެވެ. ދީމާ ހުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން 2024 ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕާއި، ޔޫތު މިނިސްޓްރީގެ "އަރުތަ" ޕްރޮގްރާމްގައި ބައިވެރިކޮށްފަ އެވެ. އަދި ރަފާ އަކީ ވެސް "އަރުތަ" ޕްރޮގްރާމުގައި ހިމަނާފައިވާ އެތުލީޓެކެވެ.

ޓޭބަލް ޓެނިސް އަކީ ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވެފައި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭ ކުޅުންތެރިން އަންނަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ. މިގޮތުން 2019 އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދުމުގެ އިތުރުން 2022 ވަނަ އަހަރު ބޭއްވުނު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓީމު އިވެންޓުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.