Advertisement

ލަމްޕާޑް ހަވާލުވި ފަހުން ޗެލްސީ ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެއްޖެ!

16 Apr 2023 | 05:36
ލަމްޕާޑަށް މަރުހަބާ ކިޔުމުގެ ގޮތުން އެޓީމުގެ ސަޕޯޓަރުން ދަނޑުގައި ދަމާފައި ހުރި ބެނާއެއް

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑު ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކޮނޯރ ގަލަގަރ އެވެ. މިއީ އެޓީމުގެ ޔުކްރެއިން ފޯވާޑް މުޑްރިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބްރައިޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެވެ. މިއީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު  ޕާސްކަލް ގްރޮސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

Advertisement

މި މެޗުން ބްރައިޓަން މޮޅު ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕެރަގުއޭގެ ފޯވާޑް ޖޫލިއޯ އެންސިސޯ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފިލްޑަރު ސޯލީ މާޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިިން މޮޅެއް ހޯދިފައިނުވާ އިރު ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އަދި މިއީ އެޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ދެވަނަ ފަހަރަށް އެޓީމާއި ހަވާލުވި ފަހުން އެޓީމު ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 29 މެޗުން 49 ޕޮއިންޓް ހަމަކޮށް ބްރައިޓަން މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ 7 ވަނައިގައެވެ. އަދި މިރޭގެ މެޗުން ބަލިވި ޗެލްސީ 31 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 39 ޕޮއިންޓާއެކު ތާވަލްގެ 11 ވަނަ އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement

ގުޅޭ ލިޔުންތައް
02 Apr 2025
ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިވަޕޫލާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔޫކޭއަށް
01 Apr 2025
މަޖިލީހަަށް ވަނީ އެތައް މިލިއަނެއް ހަރަދުކޮށްގެން، މުސާރަ ކުޑަކޮށްފިނަމަ ދަރަނިވެރިވާނެ: ފަލާހް
01 Apr 2025
އެމެރިކާއެއްކަމަކު އީރާނަށް ބިރުދައްކައި އިންޒާރުދީގެން ނުވާނެ: ރަޝިއާ
01 Apr 2025
އެއްވެސް ކެޕިޓަލްއަކާ ނުލައި، އަމިއްލަ ވިޔަފާރިއެއް ފެށުމަށް އީޒެޕުން ޒުވާނުންނަށް ހުޅުވާލައިފި!
01 Apr 2025
އިންޑިއާގެ އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ ހެލިކޮޕްޓަރު ގަންނަނީ
01 Apr 2025
މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހިންގާ އިންވެސްޓްމަންޓްތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފި
01 Apr 2025
ނިލަންދޫ ނަރުދަމާ ނިޒާމް އަލުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިން: މަތީން
01 Apr 2025
ހާމިދުގެ ހެޓްރިކާއެކު ސްޓްރީޓް ބްރޯސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި