ހާލަންޑް މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
16 Apr 2023 | 05:43
ލެސްޓާ ބަލިކޮށް ސިޓީ އިން އާސެނަލް އާއި ތިން ޕޮއިންޓަށް ކައިރިކޮށްފި!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ 3-1 ގެ ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ސިޓީ އިން އެއްވަނާގައި އޮތް އާސެނަލް އާއި ދެމެދުގައި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.

މިރޭގެ މެޗުގައި މެންޗެސްޓާ ސިޓީ އިން ކާމިޔާބުކުރި ތިން ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަަމަ ހާފުގައެވެ. މި ގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި ޑިފެންޑަރު ޖޯން ސްޓޯން އެވެ. މިއީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީގެ ދެވަަނަ ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހާލަންޑް އެވެ. އަދި 12 މިނެޓު ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ޕްރެމިއާ ލީގުގައި ކުޅުނު 28 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 32 ވަނަ ލަނޑެވެ.

އަދި މިއާއެކު ޕްރެމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖަހައިގެން ލިވިޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ހަދާފައިވާ ރެކޯޑާއި ހާލަންޑް ވަނީ އަރާ ހަމަކޮއްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ގިނަ ބަދަލުތަކެއް ކޮއްފައިވާ އިރު، ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި މޮޅެއް ހޯދިފައިނުވާ ލެސްޓާ ސިޓީ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ލީގުގައި ކުޅުނު 30 މެޗުން މެންޗެސްޓާ ސިޓީއަށް ވަނީ 70 ޕޮއިންޓް ލިބިފައެވެ. ލީގު ތާވަލުގެ ދެވަނައިގައި އެޓީމު މިވަގުތު އޮތް އިރު އެއްވަނައިގައި އޮތް އާސެނަލްއަށް 30 މެޗު ކުޅެގެން ލިބިފައިވަނީ 73 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ލެސްޓާ ސިޓީ ލީގުގައި ކުޅުނު 31 މެޗުން އެޓީމަށް ލިބިފައިވަނީ 25 ޕޮއިންޓާއެކު ލީގު ތާވަލުގެ 19 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.