ނައްޗޯ އާއި އަސެންސިއޯ ކާޑިޒް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
16 Apr 2023 | 05:53
ނައްޗޯ އާއި އަސެންސިއޯގެ ލަނޑުތަކުން ރެއާލްއަށް ފަސޭހަ މޮޅެއް!

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ކާޑިޒް ބަލިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ އާއި ދެމެދުގައި އޮތް ފަރަގު 10 ޕޮއިންޓަށް ކުޑަކޮށްފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާޑިޒްގެ އުރުގުއާއީ ޑިފެންޑަރު އަލްފެންސޯ އެސްޕީނޯ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ސްޕެނިޝް މިޑްފީލްޑަރު އަސެންސިއޯއަށް ވަނީ ކާޑިޒްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ.

މީގެ އިތުރުން ވެސް ރެއާލްގެ ކެޕްޓަން ކަރީމް ބެންޒީމާ އަށް މިހާފުގައި ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ދެ ފުރުސަތު ލިބި ބޭނުންނުކުރެވިފައެވެ. އޭގެ ތެރޭއިން ފުރަތަަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާޑިޒްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ބެންޒީމާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަަނަ ހާފްގައި ރެއާލުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރުމާއި ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ކާޑިޒްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެތެރޭގައި ރޮޑްރިގޯ، ވަލްވޭޑޭ، އިތުރު ބެންޒީމާއަށް މިހާފުގައި ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވިފައެވެ.

މި މެޗުގައި ރެއާލްގެ ފުރަތަަމަ ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ނައްޗޯ ފެނާންޑޭޒް އެވެ. މިއީ ކާޑިޒްގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ފްރާންސް މިޑްފީލްޑަރު ޗުއަމެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ. މިއީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު  ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 29 މެޗު ކުޅެގެން ރެއާލް މެޑްރިޑަށް 59 ޕޮއިންޓް ލިބިފައިވާއިރު އެވަނައިގައި އޮތް ބާސެލޯނާ އަށް 28 މެޗު ކުޅެގެން ވަނީ 69 ޕޮއިންޓް ލިބިފައެވެ. އެޓީމު މާދަމާ ރޭ ގެޓަފޭ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް އެޓީމަށް ލީގު ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެއެވެ.

މިރޭގެ މެޗުން ބަލިވި ކާޑިޒް ލީގުގައި 29 ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 31 ޕޮއިންޓާއެކު ތާވަލްގެ 15 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.