ލަނޑު ޖެހުމަށްފަހު މެސީ އާއެކު އެމްބާޕޭ އުފާފާޅުކުރަނީ
ކުޅިވަރު
16 Apr 2023 | 06:03
ލެންސް ބަލިކޮށް ޕީއެސްޖީން އިން 9 ޕޮއިންޓްގެ ލީޑެއް ނަގައިފި!

ފްރާންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެންސް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ، ޕީއެސްޖީ އިން ލީގު ތާވަލުގެ ކުރީގައި 9 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 19 ވަނަ މިނެޓުގައި ލެންސް ގެ ގާނާ މިޑްފީލްޑަރު ސާލިސް އަބްދުލް ސަމީދު ޕީއެސްޖީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

އިދިކޮޅު ޓީމުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ޕީއެސްޖީ އިން ވަނީ ފުރަތަަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މިގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އެމްބާޕޭ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ޕީއެސްޖީގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިޓީނިއާ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފުގައި އެއްކުޅުތެރިއަކު މަދުކޮށް ކުޅެމުންދިޔަ ލެންސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ އެޓޭކްތައް ހުއްޓުވާފައެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑު މިޑްފީލްޑަރު ފްރޭންކޮވްސްކީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެގެންނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ލީގުގައި ކުޅުނު 31 މެޗު ޕީއެސްޖީއަށް ވަނީ 72 ޕޮއިންޓް ލިބިފައެވެ. އަދި މިރޭގެ މެޗުން ބަލިވި ލެންސް ލީގުގައި ކުޅުނު 31 މެޗުން އެޓީމަށް 63 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.