Advertisement

ބޮލޮގްނާ އާއި އެއްވަރުވެ، އޭސީ މިލާނުން ފުރުސަތު ނަގާލައިފި!

16 Apr 2023 | 06:11
ބޮލޮގްނާ އާއި އޭސީ މިލާން ވާދަކުރި މެޗުގެ ތެރެއިިން

އިޓާލިއަން ލީގުގައި މިރޭ ރަށުން ބޭރުގައި ބޮލޮގްނާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު އޭސީ މިލާނުން ނަގާލައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ މިނެޓުގައި ބޮލޮގްނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ފޯވާޑް ނިކޮލާ ސަންސޮނޭ އެވެ. މިއީ އެޓީމުގެ އޮސްޓްރިއާ ޑިފެންޑަރު ސްޓެފަން ޕޯސްޗު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން މޮޅުވެ ތާވަލުގެ ތިންވަނައަށް އެރުމުގެ ފުރުޞަތު އޮތް އޭސީ މިލާނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމުގެ އިޓަލީ މިޑްފީލްޑަރު ޓޮމާސޯ ޕޮބެގާ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

Advertisement

ދެވަަނަ ހާފުގައި ބޮލޮގްނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި އޭސީ މިލާނުން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ބޮލޮގްނާގެ ގޯލާއި އަމާޒުކޮށް މި ހާފުގައި އެޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 30 މެޗު ކުޅެގެން އޭސީ މިލާނަށް 53 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގައި ހަތަރު ވަނައިގައެވެ. ތިންވަނައިގައި އޮތް ރޯމާއަށް އެއް މެޗު މަދުން ކުޅެގެން 53 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ތިންވަނަ މަގާމު ލިބުނީ ލަނޑުގެ ތަފާތުން ނެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 30 މެޗު ކުޅެގެން ބޮލޮގްނާއަށް ލިބިފައިވަނީ 44 ޕޮއިންޓާއެކު ތާވަލްގެ 8 ވަނަ އެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement

ގުޅޭ ލިޔުންތައް
02 Apr 2025
ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިވަޕޫލާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔޫކޭއަށް
01 Apr 2025
މަޖިލީހަަށް ވަނީ އެތައް މިލިއަނެއް ހަރަދުކޮށްގެން، މުސާރަ ކުޑަކޮށްފިނަމަ ދަރަނިވެރިވާނެ: ފަލާހް
01 Apr 2025
އެމެރިކާއެއްކަމަކު އީރާނަށް ބިރުދައްކައި އިންޒާރުދީގެން ނުވާނެ: ރަޝިއާ
01 Apr 2025
އެއްވެސް ކެޕިޓަލްއަކާ ނުލައި، އަމިއްލަ ވިޔަފާރިއެއް ފެށުމަށް އީޒެޕުން ޒުވާނުންނަށް ހުޅުވާލައިފި!
01 Apr 2025
އިންޑިއާގެ އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ ހެލިކޮޕްޓަރު ގަންނަނީ
01 Apr 2025
މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހިންގާ އިންވެސްޓްމަންޓްތަކުގެ އަގު 1.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފި
01 Apr 2025
ނިލަންދޫ ނަރުދަމާ ނިޒާމް އަލުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިން: މަތީން
01 Apr 2025
ހާމިދުގެ ހެޓްރިކާއެކު ސްޓްރީޓް ބްރޯސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި