ވަހީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
16 Apr 2023 | 21:15
ވޯޓު ހޯދަން އެމްޑީޕީން މިހާރު ވިއްކަނީ ސިޔާސަތެއް ނޫން، ފައިސާ: ވަހީދު

އިންތިޚާބުތަކުގައި ވޯޓު ހޯދަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ވިއްކަނީ ސިޔާސަތުތަކެއް ނޫން ކަމަށާއިި، މިހާރު ވޯޓު ހޯދަނީ ފައިސާ އާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން އުފާ ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ޒަމާންތަކެއް ވަންދެން ޕީޕީއެމް ތަމްސީލު ކުރަމުން ދިޔަ ގުރައިދޫ ގޮނޑި އެމްޑީޕީއަށް ލިބުމާއި ގުޅިގެން އެ ޕާޓީން ގެންދަނީ ގޮނޑި ކާމިޔާބު ކުރެވުނީ އެމްޑީޕީން މިހާރު ގެންގުޅޭ ސިޔާސަތުތައް ރައްޔިތުންނަށް ކަމުދާތީކަމަށް ވިދާޅުވަމުން ނެވެ.

އަދި އެމްޑީޕީ އަކީ ވަކި އެއްބޭފުޅެއްގެ ވަށާ އެނބުރޭ އެއްޗެއް ނޫން ކަން ގުރައިދޫ އިންތިޚާބު ކާމިޔާބުވުމުން ދޭހަކޮށްދޭކަމަށް އެމްޑީޕީގެ ސަރުކާރު ފަޅީގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

އެކަމަށް އިޝާރާތްކުރައްވާ ވައްޑެ ވިދާޅުވީ އިންތިޚާބުތައް ކާމިޔާބު ކުރުމަށް އެމްޑީޕީން މިހާރު ވިއްކަނީ ސިޔާސަތުތައް ނޫން ކަމަށެވެ. މިހާރު އިންތިޚާބުތައް ކާމިޔާބުކުރަނީ ފައިސާއާއި ސަރުކާރުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ވައްޑެ އިތުރަށް ވިދާޅުވީ ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުތައް ކާމިޔާބުކުރާކަމަށް ވާނަމަ އެމްޑީޕީ ވެރިކަމުގައި ނޯންނަ ދުވަހަކުން އެކަމުގެ ހިތި ނަތީޖާ ފެންނާނެ ކަމަށެވެ. އެދުވަހަކުން ޕާޓީ ނިކަމެތި ވާނެ ކަމަށާއި، ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން ގޮނޑި ހޯދުނަސް އެއީ ޕާޓީއަށް ލިބޭ މޮޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓުހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ، ވެރިކަމުގައި ނެތް ދުވަހަކުން މިޕާޓީ ވަރަށް ނިކަމެތިވާނެ ކަމެއް. އެއީ މާމޮޅު ކަމެއް ނޫން"

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު 

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައި ވާއިރު، އެ އިންތިޚާބުގައި އެމްޑީޕީއާއި ވާދަކުރި ޕީޕީއެމުން ގެންދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. 

އެގޮތުން އެ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ދިޔަ ކަމަށާއި، އިންތިޚާބާއި ދިމާކޮށް ފައިސާ ބަހާފައިވާކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އިންތިޚާބު އޮޅުވާލުމަށްވެސް ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށް އިދިކޮޅުން ދަނީ ބުނަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.