މޯލްޑިވިއަނުން އަލަށް ގެނައި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: މޯލްޑިވިއަން
ހަބަރު
17 Apr 2023 | 11:34
މޯލްޑިވިއަނުން އޭޓިއާރް މަރުކާގެ އިތުރު 5 ބޯޓެއް ކުއްޔަށް ނަގަނީ

ގައުމީ އެއާލައިން މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ފަސް މަތިންދާ ބޯޓު ކުއްޔަށް ހޯދަން އިއުލާނު ކޮށްފި އެވެ.

މިކަމާއި ގުޅިގެން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އިން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުންޏަށް މުޅިން އާ ނުވަތަ ބޭނުންކުރަމުން އަންނަ އޭޓީއާރު 42-600 މަރުކާގެ ފަސް ބޯޓް ބޭނުންވާ ކަމަށެވެ.

އަދި އާ ބޯޓެއްނަމަ 12 އަހަރަށް އަދި މިހާރު ބޭނުންކުރަމުންދާ ބޯޓެއްނަމަ ކުއްޔަށް ނެގުމަށް ހަމަޖެހިފައިވަނީ ހަ އަހަރަށް ކަމަށް އިއުލާނުގައި ވެއެވެ. 

އައިލެންޑް އޭވިއޭޝަނުން އިތުރަށް ބުނީ ކުއްޔަށް ނަގަން ބޭނުންވާ ފަސް ބޯޓްގެ ތެރެއިންއިން ތިން ބޯޓު ބޭނުން ވަނީ އޮޕަރޭޓިން ލީސް ނުވަތަ އެ އެއާލައިންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންކަމަށާއި އަދި ބޯޓުތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ރާއްޖެ ގެންނަން ބޭނުންވާކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ދެން ގެންނަން ބޭނުންބާ ބޯޓުގެ ތެރެއިން އެއް ބޯޓު ބޭނުންވަނީ ސޭލް އެންޑް ލީސް ބެކް (އެސްއެލްބީ) ނުވަތަ ކުންފުންޏެއްގެ މުދާ އެ ކުންފުންޏަކަށް ބޭނުންކުރެވޭ ގޮތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށް ބުނެފައިވާއިރު އެ ބޯޓު މި އަހަރުގެ ފަހު ކުއާޓަރަށް ރާއްޖެ ގެންނަން ބޭނުންވާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަދި ފަސް ވަނައަށް ކުއްޔަށް ނަގާ ބޯޓު ބޭނުންވަނީ ފައިނޭންސް ލީސް ނުވަތަ އެހެން ބަޔަކު ހަރަދުކޮށްގެން ބޯޓު ގަތުމަށް ފަހު މޯލްޑިވިއަންއަށް ބޭނުންކުރުމަށް އެ ބޯޓު ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވާއިރު އެ ބޯޓު 2025 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ގެންނަން ބޭނުންވާ ކަމަށް އިއުލާނުގައި ވެއެވެ.

ބޯޓު ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވިއަންގައި މިހާރު އޭޓީއާރު72 މަރުކާގެ ދެ ފްލައިޓާއި އޭޓީއާރް މަރުކާގެ އެއް ފްލައިޓް އޮވެ އެވެ.

މީގެ އިތުރުން އެއާބަސް 320 މަރުކާގެ ފްލައިޓަކާއި ޑޭޝް8-300 މަރުކާގެ އަށް ފްލައިޓާއި ޑޭޝް8-200 މަރުކާގެ ދެ ފްލައިޓް އޮވެ އެވެ.

ސީޕްލޭންގެ ހިދުމަތަށް 11 ސީޕްލޭން އެ އެއާލައިންގައި އޮވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.