ފިހާރައެއްގެ ތެރެއިން ބާޒާރު ކޮޓަލަށް ތަކެތި އަޅާފައި/ ފޮޓޯ: އިންޓަނެޓު
ހަބަރު
18 Apr 2023 | 18:18
ޕްލާސްޓިކު ކޮތަޅަކުން 2 ރުފިޔާ ނަގަން ފަށައިފި

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ފަށައިފި އެވެ. 

ޕްލާސްޓިކް ކޮޓަޅުން ނަގާ ޓެކްސް އެ ވިޔަފާރިއަކުން މީރާއަށް ދައްކަން ޖެހެއެވެ. އެފީ މީރާއަށް ދައްކަން ޖެހެނީ ޖީއެސްޓީ ދައްކާއިރު، އެއާއި އެއްކޮށެވެ. 

މިއަދުން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ޓެކްސް ނަގަން ފަށާފައިވާއިރު، މި ޓެކްސް ނުނަގާ ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5000 ރުފިޔާއާއި 50000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

މީރާއިން އާންމުކޮށްފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީ ގައިޑު އަދި ޖީއެސްޓީއަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ޤަވައިދުގައި ބުނާގޮތުން ޖީއެސްޓީ ރަޖިސްޓްރީކުރުން ލާޒިމުވާ ވިޔަފާރިއަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ނުކޮށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކުން ޓެކްސް ނަގައި އެ ފައިސާ މީރާއަށް ދައްކަން ޖެހޭނެ އެވެ. 

އޭގެ އިތުރުން ޖީއެސްޓީ ނުނަގާ މުދަލެއް ފޯރުކޯށްދިން ނަމަވެސް އެ މުދާ އެޅުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނަމަ ކޮތަޅުން ޓެކްސް ނަގަން ޖެހޭނެ އެވެ. 

ޕްލާސްޓިކް ކޮތަޅުން ފީ އިސްތިސްނާ ވާ ހާލަތްތައް

- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު

- ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅު

- ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅު

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މީރާއިން ވަނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އޮންލައިން ސެޝަންތަކެއް ބޭއްވުމަށް ނިންމާފަ އެވެ. މެންދުރުފަހު 1:00 އިން 1:30 އަށް ބާއްވާ އެ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު މީރާއިން ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.