ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އިންޓަނެޓު
ހަބަރު
18 Apr 2023 | 19:07
ފުއްގިރި މައްސަލަ: ހެކިތަކާ ގުޅޭ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރަނީ!

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފއިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުން ހުށައެޅި ހެކިތައް ބަލައިގަތުމާއި ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ. 

އެ މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ހިމެނޭހެން ދައުލަތުގެ ގިނަ ޝަފަހީ ހެކިތަކެއް ބަލައިނުގަތުމަށް އެދިފައެވެ. އޭގެ އިތުރުން އެ މައްސަލައާއި ގުޅުންހުރި ތަހުގީގު ބަޔާންތަކާއި ލޮގުތަކެއް ހޯދުމަށްވެސް އެދިވަޑައިގެންފައި ވެއެވެ. 

އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅުއްވި ކަންކަން ބަލައިގަންނަން ނުޖެހޭ ކަމަށެވެ. 

އެއާއެކު ރައީސް ޔާމިނުގެ ފަރާތްޕުޅުން އެެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އޮތް އަޑުއެހުންތަކަށްފަހު އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފަ އެވެ. 

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވާއިރު، މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އާދަމް ޝަމީމު ވަނީ ހެއްކާއި ގުޅޭ މައްސަލަ ރައީސް ޔާމިނުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ. 

ޤާނޫނުން ލިބިދީފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށައަޅާނެ ކަމަށް ޝަމީމު ވިދާޅުވި އެވެ. 

މިއަދުގެ އަޑުއެހުން ނިންމާލިއިރު، ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް އަޑުއެހުމެއް ތާވަލުކުރާނަމަ އެ މައްސަލައިގައި ހިމެނޭ ހަސްމުންނަށް ދުރާލާ އަންގާނެކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.