ސްޓެލްކޯގެ އިމާރާތް--
ހަބަރު
18 Apr 2023 | 21:29
އޭޕްރީލް އަދި މެއިގައި ހޫނު ގަދަވާނެތީ، ކަރަންޓް އިގްތިސާދު ކުރަން ސްޓެލްކޯއިން އެދިއްޖެ!

މިހިނގާ އޭޕްރީލް މަހާއި އަދި ކުރިއަށް އޮތް މެއި މަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ ދެމަސް ކަމަށާއި މި ދެމަހުގައި ކަރަންޓަށް އިގްތިޞާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، އޭޕްރީލް އަދި މެއި މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމުގައި ކަމާއިބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށެވެ. އަދި މިދުވަސްތައް ރޯދަ މަހާއި ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މިއާއެކު ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެހެންދުވަސްތަކާއި ޚިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރަކުވެސް މިދުވަސްވަރު ހޫނުގަދަވެ، ކަރަންޓު ބިލްތަކަށް ބޮޑު ބަދަލެއް އަންނާތީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަންގެނެސް ކަރަންޓުގެ ޚަރަދު ކުޑަކުރަން ކުރެއްވެން ހުރި ކަންކަން ހާމަކޮށްދީ ޚަރަދު ކުޑަކުރުމަށް ސްޓެލްކޯއިން ބާރުއަޅައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.