ރޮޑްރިގޯ މިރޭގެ މެޗުގައި ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިން.
ކުޅިވަރު
19 Apr 2023 | 02:38
ރޮޑްރިގޯ ގެ ދެލަނޑާއެކު، ޗެލްސީ ކަޓުވާލުމަށްފަހު ޗެމްޕިއަން ރެއާލް ސެމީއަށް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގު 2-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވަނިކޮށް، މިރޭގެ ނަތީޖާއާއެކު އެޓީމަށް ސެމީގެ ފުރުސަތު ލިބުނީ 4-0 ގެ އެގްރިގޭޓު ނަތީޖާއަކުން ނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރު ކާންޓޭއަށް ރެއާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ. މިހާފުގައި ރެއާލުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް އަށެވެ. ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި ރެއާލުގެ މިޑްފީލްޑަރު މޮޑްރިޗް ޗެލްސީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ވިނީޝިއަސް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެބޯޅަ އޭނާގެ ފައިގައި ރަގަޅަށް ލައްވާލާ ގޮތެއްނުވިއެވެ.

މި މެޗުގައި ރެއާލްގެ ފުރަތަަމަ ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ. މިއީ ވިނީޝިއަސް މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅަ އެއް ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލްގެ ލަނޑަށްފަހު ޗެލްސީ އިން ކުރިއައް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ރެއާލްގެ ލީޑު ފުޅާކޮށްދިނީ ވެސް ރޮޑްރިގޯ އެވެ. މިއީ ދެވަަނަ ހާފުގެ 80 ވަނަ މިނެޓުގައި ރެއާލުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑްރިކޯ ވަލްވެޑޭ ޗެލްސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗަކީ ޗެލްސީގެ ކޯޗުކަމާއި ލަމްޕާޑް ދެވަަނަ ފަހަރަށް ހަވާލުވި ފަހުން އެޓީމު ކުޅުނު އަދި ބަލިވި 4 ވަނަ މެޗުވެސް މެއެވެ.

ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް ވާދަކުރަންޖެހެނީ މާދަމާ ރޭ މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގު 3-0 ގެ ނަތީޖާއަކުން

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.