އޭސީ މިލާނާއި ނަޕޯލީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
19 Apr 2023 | 03:45
16 އަހަރަށް ފަހު އޭސީ މިލާން، ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލަށް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ނަޕޯލީ އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް، 16 އަހަރުގެ ތެރޭގައި ފުރަތަަމަ ފަހަރަށް އޭސީ މިލާނުން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިދިޔަ ހަފްތާގައި މިލާންގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައި އޮތުމުން މިރޭގެ މެޗަށް ނުކުތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް އެޓީމަށް ސެމީގެ ފުރުސަތު ލިބެން އޮތެވެ.

ފާއިތުވެދިޔަ 17 ދުވަސް ތެރޭގައި މިދެޓީމު ތިން ފަހަރެއްގެ މަތިން ވާދަކޮށްފައި ވާއިރު، އޭގެ ތެރެއިން ދެމެޗުން އޭސީ މިލާން މޮޅުވެފައިވާއިރު މިރޭގެ މެޗު ނިމިފައި ވަނީ ދެޓީމު އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 22 ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގުމަށް އޭސީ މިލާނަށް ޕެނަލްޓީއެއް ލިބުނު އިރު އެޓީމުގެ ފުރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް ފޮނުވާލި ޕެނަލްޓީ ނަޕޯލީ ގެ ގޯލްކީޕަރު އެލެކްސް މެރޭޓް ދިފާއުކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޖިރޫޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އޭސީ މިލާނަށް މެޗުގެ ލީޑު ނަގައިދީފަ އެވެ.

މިއީ ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް ފޯވާޑް ރަފައެލް ލިއައޯ އޭސީ މިލާނުގެ ހާފުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ބޯޅަޔާއެކު ނަޕޯލީ ގެ ޕެނަލްޓީ އޭރިއާ ތެރެއަށް އެޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނަޕޯލީގެ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ބޯޅަ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅަ ޖެހިފައިވާތީ ރެފްރީ ނިންމީ އެއީ ރަގަޅު ލަނޑެއް ނޫންކަމަށެވެ.

މެޗުގެ ދެވަަނަ ހާފުގައި ނަޕޯލީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އޭސީ މިލާނުގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އޭސީ މިލާނުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ނަޕޯލީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް އެޓީމުގެ ޖޯޖިޔާގެ މިޑްފީލްޑަރު ޚަވިޗާ ކްވަރަޓްސްކެލިއާ ފޮނުވާލި ޕެނަލްޓީ އޭސީ މިލާނުގެ ގޯލްކީޕަރު މައިކް މައިގްނާން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ނަޕޯލީއަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން އެވެ.

އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ އެ މަގާމަށް ހަމަޖެއްސިއިރު އެޓީމު އޮތީ ސެރީއޭގެ 13 ވަނައިގައި އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ވަނީ 2010/11 އަށް ފަހު އޭސީ މިލާނަށް ފުރަތަމަ ފަހަރަށް އިޓާލިއަން ސެރިއޭގެ ތަށި ހޯދައިދީފަ އެވެ. އަދި މިއީ ފާއިތުވެދިޔަ 16 އަހަރު ތެރޭގައި ޗެމްޕިއަންސްލީގެ ސެމީ ފައިނަލުން އޭސީ މިލާނަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލުގައި އޭސީ މިލާން ވާދަކުރަންޖެހެނީ މާދަމާ ރޭ ކުޅޭ ބެންފީކާ އާއި އިންޓަ މިލާން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އެދެޓިމު ވާދަކުރި ފުރަތަަމަ ލެގުގެ މެޗު ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން މޮޅުވެފައި އޮތުމުން މާދަމާ ރޭގެ މެޗު އެއްވަރުކޮށްލައިގެން ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އިންޓަ މިލާނަށް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ