އަލް ހިލާލްގެ ކުޅުންތެރިން ދަނޑުމަތީގައި މެޗު ފެށުމުގެ ކުރިން
ކުޅިވަރު
19 Apr 2023 | 04:51
އަލް ހިލާލް އަތުން ބަލިވެ، އަލް ނަސްރު އިން ފުރުސަތު ނަގާލައިފި!

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އަލް ހިލާލް ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެ، ލީގު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އަލް ނަސްރު އިން ނަގާލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އަލް ނަސްރަށް އެއް ވަނައިގައި އޮތް އަލް އިއްތިހާދާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެއީ އިއްތިހާދަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

މިއީ އަލް ނަސްރުގެ ކޯޗުކަމުން ރޫޑީ ގާސިއާ ވަކިކުރި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. ގާސިއާ ކޯޗުކަމުން ވަކިކޮށްފައިވާނި އެޓީމުގެ ބައެއް ސީނިއަރ ކުޅުންތެރިންނާއި މައްސަލަޖެހި ޖެހިގެންކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އަލް ނަސްރުން ބުނެފައިވަނީ ކޯޗު މަގާމުން ވަކިކުރީ މިސީޒަނުގައި އެޓީމުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލްނުކުރެވި ފަހަކަށްއައިސް ޓީމު ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކަމަށެވެ.

މި މެޗުގައި އަލް ހިލާލުން ކާމިޔާބުކުރި ދެ ލަނޑަކީ ވެސް އެޓީމަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބުކުރި ދެ ލަނޑެވެ. އަދި މި ދެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އޮޑިއަން އިގަލޯ އެވެ.

ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައި އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އެއްގައި އިގާލޯ އަލް ހިލާލަށް ލީޑު ނަގައިދިން އިރު، އެޓީމުގެ ދެވަަނަ ލަނޑަކީ ދެވަަނަ ހާފުގެ 62 ވަނަ މިނެޓުގައި އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަލް ހިލާލުގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ލީގުގައި ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއެކު އަލް ހިލާލް މިވަގުތު އޮތީ ލީގު ތާވަލުގައި ހަތަރު ވަނައިގައެވެ. މިރޭގެ މެޗުން ބަލިވި އަލް ނަސްރު ލީގުގައި ކުޅުނު 24 މެޗުން އެޓީމަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި އެޓީމު އޮތްއިރު އެވަނައިގައި އޮތް އަލް އިއްތިހާދަށް 23 މެޗު ކުޅެގެން 56 ޕޮއިންޓް ލިބިފައިވާއިރު މި މަހުގެ 27 ވަނަ ދުވަހު އަލް ޝަބާބްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީގުގެ ތާވަލުގެ ކުރީގައި 6 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު މިހާރު އެޓީމަށް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ