ސައުދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Apr 2023 | 23:23
ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ރައްޔިތުން ސުވާލެއް ނުއުފައްދާ: ސައުދު

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ދޭތެރޭ ސަރުކާރުގެ ވާދަވެރިން ސުވާލުތައް އުފެއްދި ނަމަވެސް ރައްޔިތުން ސުވާލު ނޫފައްދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ. 

ސައުދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެކު ކަންކަމުގައި އިދިކޮޅު ފަރާތްތަކުން (ސަރުކާރާއި ވާދަވެރި ފަރާތްތަކުން) ޤަރާރުތައް ހުށައަޅަމުންދަނީ މަޖިލީހުގެ ވަގުތުތައް ނަގާލަން ކަމަށެވެ. އަދި ސަރުކާރަށް ޚިދުމަތް ފޯރުކޮށް ނުދެވޭކަން ދެއްކުމަށް ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ޤަބޫލުކުރާ ކަމަށާއި، އެކަން ގުރައިދޫ ދާއިރާގެ އިންތިޚާބުންވެސް ހާމެވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

ގުރައިދޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް އާސަންދައަށް އެކަނި 170 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާއިރު ސައުދި ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ބޭސްފަރުވާއަކީ އަސާސީ ހައްގަކަށް ވާއިރު، އެ ހައްގު އަދާކުރުމަށް އާސަންދައިން ޚަރަދުކުރުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު ސައުދު ވިދާޅުވީ ސަރުކާރުން ޚިދުމަތް ފޯރުކޮށް ނުދޭކަމަށް ރައްޔިތުން ބުނަމުން ނުދާކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތާއި މެދު ރައްޔިތުން ސުވާލު ނުއުފައްދާ ކަމަށެވެ. 

"މިއަދު ރައްޔިތުން ޤަބޫލު އެބަ ކުރޭ މި ސަރުކާރުގެ ސިޔާސަތު ކާމިޔާބުކަން. ރައްޔިތުންނަށް އަޅާލާ އޯގާތެރި ސަރުކާރެއް މި އޮތީ. މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ބެހޭގޮތުން ރައްޔިތުން ސުވާލެއް ނުކުރޭ. މިތާ ތެރޭ ތިބެގެން (ރައްޔިތުންގެ މަޖިލިސްތެރޭ ތިބެގެން) ވަކި ބަޔަކު ހިތް ނުތަވަސް ވެގެން ސުވާލު ކުރަމުން ދަނީ"

މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

ސައުދު ވިދާޅުވީ ސަރުކާރުގެ ޚިދުމަތްތަކާއި މެދު ސުވާލު އުފައްދަނީ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކާއި ގުޅިގެން ހިތް ނުތަވަސްވާ މެމްބަރުންތަކެއް ކަމަށެވެ. 

އިންތިޚާބުތައް ފަސޭހަކަމާއެކު ކާމިޔާބު ކުރެވެނީ ރައީސް ޞާލިހުގެ ލީޑަޝިޕް ވަރުގަދަ ވެގެންކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިޚާބާއި ދިމާކޮށް ސަރުކާރުން ޚަރަދު ކުރާ ވާހަކައާއި ނުފޫޒު ފޯރުވާ ވާހަކައާއި ފައިސާ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ވާހަކަ ދައްކަނީ ނާކާމިޔާބުވުމުން އެކަން ހަޖަމު ނުކުރެވޭތީ ކަމަށް ސައިދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.