ސަސް އައި ކުލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
20 Apr 2023 | 04:01
ފަހަތުން އަރައި ސަސް ބަލިކޮށް އީގަލްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި!

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބާއި ވާދަކުރި މެޗު ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލްގެ ފުރުސަތު ކުލަބު އީގަލްސް އިން ބޮޑުކޮށްފި އެވެ.

މި ގުރޫޕްގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަށާއި ކުލަބު އީގަލްސްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން ސެމީގެ ޖާގަ ލިބޭނެ ދެޓީމު ޔަގީންވާނީ ފަހު މެޗުގައި އީގަލްސް އާއި ވެލެންސިއާ މި މަހު 24 ވަނަ ދުވަހު ވާދަކުރާ މެޗަށްފަހު އެވެ.

މިރޭގެ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އަހުމަދު އައިހަމް ގޯލު ކުރިމައްޗަށް  ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަޝްފާގު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ދެވަނަ ލަނޑު ފުރަތަަމަ ހާފުގެ 26 ވަނަ މިނެޓެއް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. މިއީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ފަހަތުން ކުރިއަށް ކުޅުނު ބޯޅައެއް ހޯދަން އަޝްފާގު މަސައްކަތް ކުރަނިކޮށް ކީޕަރު މުހައްމަދު ޝަފީއު ކުރިއަށް ނިކުމެ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލްގައި ލިބުނު އަނިޔާގެ ސަބަބުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ގެ ކެޕްޓަން އަޝްފާގު ވަނީ ބަދަލުކޮށްފަ އެވެ.

އީގަލްސް އަށް ފުރަތަމަ ހާފުގައި ގޯލެއް ޖެހުމަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒައިން ޒަފަރު އަށެވެ. އަރިމަތިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަސް ކީޕަރު ޔޫސުފް މީސަމް ދިފާއުކުރަން އުޅެނިކޮށް އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ޒައިން އަށެވެ. މީސަމް ވެއްޓިފައި އޮއްވާ ޒައިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ފުރުސަތު ހޯދީ އީގަލްސް އިންނެވެ. އަރިމަތިން ފޭދޫ އިއްބެ ނަގައިދިން ހުރަހުން ފްރަންކާ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު މީސަމް ދިފާއުކުރި އެވެ.

އެއަށް ފަހު ދެން ފެނިގެންދިޔައީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ދެ ހަމަލާ ފޮނުވާލި ތަނެވެ. މިދެ ފުރުސަތުވެސް ލިބުނީ މުހައްމަދު ޝަހާއު އަށެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ އަރިމަތީ ކަނަށް އަމާޒުވާން ދަނިކޮށް ކީޕަރު ޝަފީއު ވަނީ އެބޯޅަ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގަ އަހުމަދު ރިޒުވާން ނަގައިދިން ބޯޅަ އަކުން ކަމިޔާބުކޮށްދިނީ އިވާން އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އީގަލްސްގެ ލަނޑަށްފަހު ދެން ފެނިގެންދިޔައީ އެޓީމުގެ  ރިޒޭ ގާތް ގާތުގައި ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި ތަނެވެ. ލިބުނު ހިލޭ ޖެހުމަކުން ރިޒޭ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުވާން ދަނިކޮށް ކީޕަރު މީސަމް ދިފާއުކުރިއިރު، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ގެ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ރިޒޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ އެވެ އަދި މިމެޗުގައި ފުރަތަަމަ ފަހަރަށް އީގަލްސް އަށް ލީޑު ނަގައިދިނީ ދެވަަނަ ހާފުގެ 75 ވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަަނަ ހާފްގައި ކުޅެންނުކުތް އިމްރާން ނަޝީދު އެވެ. މިއީ އެޓީމުގެ އަބްދުﷲ ހަނީފް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ  އަލީ ނަސޫހު ރަޝީދުއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި އީގަލްސް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފަހު މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރިޒޭ އެވެ. މިއީ ރިޒޭ ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް މީސަމް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފައުލަށް ރެފްރީ ވަނީ މީސަމް އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މީސަމް އަށް ރަތްކާޑު ދެއްކުމުން މެޗުގެ ފަހު މިނެޓުކޮޅުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ގެ ގޯލް ކީޕަރަކަށް ކުޅުނީ އެޓީމުގެ މިޑްފިލްޑަރަކަށް ކުޅުނު އަހުމަދު ހަމީދު އެވެ.

ޕްރެޒިޑެންސް ކަޕްގައި މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކުލަބެވެ. މާޒިޔާ ވަނީ އެ ގްރޫޕް ފުރަތަމަ މެޗުގައި ޓީސީ ބަލިކޮށްފަ އެވެ. ޓީސީން ވަނީ ދެ ވަނަ މެޗުގައި ބުރުގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.