މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަދި ކަސަމީރޯ
ކުޅިވަރު
21 Apr 2023 | 02:43
ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި!

ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ސެވިއްޔާއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަަމަ ލެގު 2-2 ގެ ނަތީޖާއަކުން އެވަރުވެފައި، އޮތުމުން މިރޭގެ ނަތީޖާއާއެކު އެޓީމަށް ސެމީގެ ފުރުސަތު ލިބުނީ 5-2 ގެ އެގްރިގޭޓު ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މައްޗަށް ކުރި ހޯދައިގެންނެވެ.

އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑުގެ މުހިންމު ބައެއް ކުޅުންތެރިންނާއި ނުލައި މިރޭގެ މެޗު އެޓީމުން ފެށިއިރު، މެޗުގެ ވަރަށް ކުރީކޮޅު ސެވިއްޔާ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފޯވާޑް ޔޫސެފް އެން ނެސީރީ އެވެ. އަދި ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ އާޖެންޓީނާ ފޯވާޑް ލޫކަސް އޮކަމްޕޯސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ދެވަަނަ ހާފު މެންޗެސްޓާ ޔުނައިޓެޑުން ދެ ބަދަލާއި އެކު ފެށިއިރު، ދެވަަނަ ހާފުގެ 47 ވަނަ މިނެޓުގައި ސެވިއްޔާގެ ފްރާންސް ޑިފެންޑަރު ލޮއިކް ބަޑޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިހާފުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ އަށެވެ. ނަމަވެސް ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ކަސަމީރޯ ފޮނުވާލި ބާރު ހަމަލާ ސެވިއްޔާގެ ގޯލްކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ސެވިއްޔާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މޮރޮކޯގެ ފޯވާޑް ޔޫސެފް އެން ނެސީރީ އެވެ.

ސެމީ ފައިނަލުގައި ސެވިއްޔާ ވާދަކުރަންޖެހެނީ ކުއާޓާ ފައިނަލުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ހޯދި އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ