މާޒިޔާ އާއި ބުރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
21 Apr 2023 | 03:52
ޓީސީ ކަޓައިފި، ބުރާ އެކު މިރޭގެ މެޗުން ބަލިވި މާޒިޔާވެސް ސެމީއަށް!

ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެވުނު މެޗުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، 2-1 ގެ ނަތީޖާއަކުން ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ބުރުން މި ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅެވެ. އެޓީމު ފުރަަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އެކަމަކު، މިރޭގެ ނަތީޖާއާ އެކު ޓީސީ ކަޓައި، މި ގްރޫޕުން ބުރާއި އެކު ސެމީގެ ފުރުސަތު ލިބުނީ މާޒިޔާ އަށެވެ.

މިރޭގެ މެޗުގެ ނަތީޖާ އާއި އެކު މި ގުރޫޕްގެ ކޮންމެ ޓީމަކަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި މާޒިޔާ 2-0 ގެ ނަތީޖާއަކުން ޓީސީ އަތުން މޮޅުވިއިރު، ގުރޫޕްގެ ދެވަނަ މެޗުގައި ޓީސީ ވަނީ 1-0 ގެ ނަތީޖާއަކުން ބުރު އަތުން މޮޅުވެފައެވެ.

ދެމެޗުން މާޒިޔާއަށް ތިން ޕޮއިންޓާއެކު ފައިދާ އެއް ގޯލާއި އެކު ގުރޫޕްގެ އެއްވަނަ އެޓީމަށް ލިބުނު އިރު ގުރޫޕްގެ ދެވަނަ ލިބުނު ބުރަށް ދެމެޗުން ތިން ޕޮއިންޓާއެކު ފައިދާ އަދި ގެއްލުން ގޯލެއް ވެސް ނެތެވެ. އެޓީމު ދެމެޗުގައި ދެލަނޑު ޖެހި އިރު ބައިކޮޅަށް ވެސް ދެލަނޑު ވަދެފައި ވެއެވެ. އަދި މިގުރޫޕްގެ ފުލަށް ދިޔަ ޓީސީއަށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ދެމެޗުގައި އެޓީމު ކޮޅަށް ދެ ލަނޑު ވަން އިރު އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.

ފުރަތަަމަ ހާފުގައި މާޒިޔާގެ ފޯވާޑް ސްޓެފާން މިހަލޮވިޗް އަށާއި ހަމްޒާ މުހައްމަދު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ފުރަތަަމަ ހާފުގެ 41 ވަނަ މިނެޓުގައި ބުރުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މިއީ ބުރުގެ އަހުމަދު އުސާމާ ތިރިތިރިން މާޒިޔާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މާޒިޔާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. 

ދެވަަނަ ހާފު ފެށިގެން މާޒިޔާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ބުރުގެ ފަހަތަށް ބާރުބޮޑު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި މާޒިޔާގެ ސާބިއާގެ ފޯވާޑް ސްޓެފާން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. ނަމަވެސް ރެފްރީ ނިންމީ ސްޓެފާން ގޯލު ޖެހުމުގެ ކުރިން މާޒިޔާގެ ކުޅުންތެރިން ބުރުގެ ޕެނަލްޓީ އޭރިއޭ ތެރެއިން ކީޕަރު ޝައިހާން އަށް ފައުލުކޮށްފައިވާކަމަށެވެ.

ދެވަަނަ ހާފުގެ 75 ވަނަ މިނެޓުގައި ބުރުގެ ލީޑު ފުޅާކޮށްދިނީ ޝާވިން އެވެ. މިއީ އަރިމަތިން އެޓީމުގެ އުސާމާ މާޒިޔާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ހިފަން އުޅުމުގެތެރޭގައި މާޒިޔާގެ ކީޕަރު އަތުން ދޫވެގެން ވެއްޓުނު ބޯޅަ ގޯލް އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބުރުން ދެލަނޑުގެ ލީޑެއް ނެގިތާ ދެމިނެޓު ފަހުން މާޒިޔާ އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިއީ ބުރުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ މުހައްމަދު ސާއިފު މާޒިޔާގެ ހަންނައަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެއްގައި އައިސަމު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި މާޒިޔާގެ ކުރިއަށް ކުޅޭ ކުޅުންތެރިން ހުއްޓުވުމުގައި ބުރު ފަހަތަށް ކުޅުނު ކުޅުންތެރިންނާއި ހާއްސަކޮށް އެޓީމުގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ