އަކިރިކޮޅު ޓީމު
ކުޅިވަރު
22 Apr 2023 | 03:21
އަކިރިކޮޅު، އައިބީއެމް އަދި ޓީސީއަށް ވެސް ފަސޭހަ މޮޅެއް!

މާވަށު ކައުންސިލްގެ ފިތުރު ޢީދު ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅެވުނު މެޗުތަކުން އަކިރިކޮޅު، އައިބީއެމް އަދި ޓީސީ ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.

މިރޭގެ ފުރަތަަމަ މެޗުގައި ފޯކަސް ސްޕޯޓްސް ކްލަބާއި ވާދަކޮށް އަކިރިކޮޅު މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަކިރިކޮޅު ގެ އަހުމަދު ޝާއިރު އާއި އަހުމަދު މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ވަޖީހު އެވެ. މި މެޗުގައި ފޯކަސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ނިޝާން އެވެ.

ދެވަަނަ މެޗުގައި ޓީސީ ޖޫނިއާސް އާއި ވާދަކޮށް އައިބީއެމް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޓީމުގެ ހުސެއިން މައިޝަން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އަހުމަދު އަޒުލާން އަލީ ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ.

މިރޭގެ ފަހުމެޗުގައި ޓީސީ ވަނީ 8-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ޓީމު ޑަކު އަތުން މޮޅުވެފައެވެ. މި މެޗުގައި ޓީސީގެ އިބްރާހިމް ރިޝްފާން އާއި މުހައްމަދު ފާރިސް ހަސަން މިއިން ކޮންމެ ކުޅުންތެރިއެއް ދެލަނޑު ކާމިޔާބު ކުރިއިރު، ޙަސަން ނައުވާދު, މުހައްމަދު ނައުފަލް، ޔޫސުފް މިޒްޔާން އަދި  އަބްދުﷲ ހަމީދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ޓީމު ތަކުގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އާދަމް މުހައްމަދު އެވެ.

މިރޭގެ މެޗުތަކުގެ ނަތީޖާތަކަށް ފަހު ގުރޫޕް އޭގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު ގޯލުގެ ތަފާތުން މިވަގުތު އޮތީ ޓީސީ އެވެ. ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ އަކިރިކޮޅެވެ. އަދި ގުރޫޕް ބީގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު އޮތީ އައިބީއެމް އެވެ.

މި މުބާރާތުގައި މާދަމާ ރޭ ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަަމަ މެޗުގައި ގުރޫޕް އޭގެ ޓީސީ ނުކުންނާނީ އަކިރިކޮޅާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ގުރޫޕް ބީގެ އައިބީއެމް ނުކުންނާނީ އެފްސީ ހަބޭސް ޖޫނިއަރ އާއި ދެކޮޅަށެވެ. އަދި ފަހުމެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ޓީމު ޑަކު އާއި ފޯކަސް ސްޕޯޓްސް ކްލަބެވެ.

އެޕްރިލް 21-27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުޓްސަލް މުބާރާތުގައި ބައިވެރިވި 8 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނައަށް ސެމީ ފައިނަލަށް ހޮވޭ އިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މާވަށު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވު ކުރުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހަމަޖެހިފައިވަނީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.