ސައުތުހެމްޓަން އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
22 Apr 2023 | 04:51
ލީގު ފުލުގައި އޮތް ސައުތުހެމްޓަން އާއި އެއްވަރުވެ ލީގު ހޯދުމުގެ އަމިއްލަ ބާރު އާސެނަލްއަށް ގެއްލިއްޖެ!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ސައުތުހެމްޓަން އާއި އެއްވަރުވެ ލީގު ހޯދުމުގެ އަމިއްލަ ބާރު އާސެނަލްއަށް ގެއްލިއްޖެ އެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެން އެޓީމު މިވަގުތު އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު ތާވަލުގެ އެއްވަނައިގައެވެ.

އާސެނަލް ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ވަރަށް ކުރީކޮޅު ސައުތުހެމްޓަން އިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. މިގޮތުން މެޗުގެ ފުރަތަަމަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު  ކާލޯސް އަލްކަރާޒް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިން އިރު، 14 ވަނަ މިނެޓުގައި ތިއޯ ވޮލްކޮޓް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ސައުތުހެމްޓަން އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއަލް މާޓިނެލް ވަނީ ލަނޑެއް ކާމިޔާބުކޮށް އާސެނަލްއަށް އުންމީދު އަދާކޮއްދީފައެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި އާސެނަލް އިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ދެވަަނަ ހާފްގައި އާސެނަލް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާވެސް ފެނިގެންދިޔައީ ސައުތުހެމްޓަން އިން ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކުރިތަނެވެ. ދެވަަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރުން އާސެނަލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިޔާ ޑިފެންޑަރު ޑުޖޭ ކެލެޓާ- ކާރު އެވެ. މި ލަނޑާއެކު، މެޗުގެ 88 ވަނަ މިނެޓާއި ހަމައަށް 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ސައުތުހެމްޓަން އެވެ.

ނަމަވެސް މެޗުގެ ފަހު ދެމިނެޓު ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށް އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިގޮތުން ދެވަަނަ ހާފުގެ 88 ވަނަ މިނެޓުގައި އެޓީމުގެ ދެވަަނަ ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން އިރު، އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 90 ވަނަ މިނެޓުގައި ސަކާއެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން އާސެނަލް އަށް 75 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާއަށް 30 މެޗު ކުޅެގެން ވަނީ 70 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.