ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކޮށްފި
ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފިއެވެ.
ޖޭއެސްސީން ބުނީ ގާޒީ ހަސަން ސައީދު ރިޓަޔަރ ކުރައްވާފައިވަނީ މަޤާމުން މުސްކުޅިވެވަޑައިގެންނެވުމާއި ގުޅިގެން ކަމަށެވެ.
21 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ގާޒީ ޙަަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ 23 އޭޕްރީލް 2023 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަޤާމުގައެވެ.
ޖޭއެސްސީން ވަނީ ޙަސަން ސައީދު ޝަރުއީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ތަހުނިޔާ ދަންނަވާފައެވެ.
ގާޒީ ހަސަން ސައީދު ރިޓަޔަރ ކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ގާޒީ ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވިއިރު ފެމިލީ ކޯޓުގެ ފަރާތުން އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެއް ދާދިފަހުން ޖޭއެސްސީން ވަނީ ބަލާފައެވެ.
އަދި އެ މައްސަލައިގައި ޖޭއެސްސީން ވަނީ، ޙަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށްވެސް ނިންމާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists