ފޮޓޯ: ސްޓެލްކޯ
ހަބަރު
26 Apr 2023 | 09:04
ޚިދްމަތަށް ބުރޫ ނާރާނެ ހެން ޚިދްމަތް ދިނުމަށް ސްޓެލްކޯ އިން ޓީމެއް އެކުލަވައިލައިފި

ޢާންމުންނަށް ދޭ ޚިދްމަތަށް ބުރޫ ނާރާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ޚާއްސަ ޓީމެއް ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީ (ސްޓެލްކޯ) އިން އުފައްދައިފިއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި ޚާއްސަ ޓީމެއް އެކުލަވާލައިފައިވާ ކަމަށެވެ.

އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފްގެ ބެއްލެވުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައި އެ ޓީމުގެ މަސައްކަތްތައް އިއްޔެ ވަނީ ފަށާފައި ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ  މިދިޔަ ފެބްރުއަރީއާއި މާރިޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާ ގޮތުން މާލޭ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް (އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން) ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުން ކަމަށެވެ.

އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާ އަޅާ ބަލާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް