ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ވޮއިސް
ހަބަރު
27 Apr 2023 | 12:52
ފުލުހުން ވަނީ އަޅުގަނޑު ފްރޭމް ކުރަން މަސައްކަތް ކޮށްފައި؛ ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމަށް: ރައީސް ޔާމީން

ރ. ފުއްގުރި މައްސަލައިގައި ފުލުހުން އެމަނިކުފާނު ފްރޭމް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާ، އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލާގައި މިއަދު އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާއެކު ކްރިމިނަލް ކޯޓުގައި ގޮތެއް ނިންމައި ޝަރީއަތް ފެށުމެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ހައިކޯޓުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ނިންމި ނިންމުން ތިން ނުކުތާއަކާއެކު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އަދި އެ ކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގައި މިހާރު ހިނގަމުން އަންނަ ޝަރީއަތް މަޑުޖައްސާލުމަށް އެދިފައިވެއެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ،  އިސްތިޢުނާފްކޮށްފައިވާ ދެ ނުކުތާއަކީވެސް މި ޝަރީޢަތަށް އަސަރުކުރާނެ ދެކަންތައް ނޫންކަމަށެވެ. އަދި ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ދެކެވަޑައި ނުގަންވާކަމަށް ޤާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ އިފްތިތާހީ ބަޔާން ހުށަހަޅަން ތައްޔާރުނޫން ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ޤާޟީ ވަނީ މިމައްސަލަ ކޯޓަށް ހުށަހެޅިފައިވާތާ ތިންއަހަރު ވެފައިވާއިރު، އިފްތިތާޙީ ބަޔާން ތައްޔާރު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ދެން އޮންނަ އަޑު އެހުމެއްގައި އިފްތިތާޙީ ބަޔާން ނެންގެވުމުގެ މަރުޙަލާ ކުރިއަށް ގެންދަވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

އަޑުއެހުމުގެ ތެރެއިން ރައީސް ޔާމީނަށް ގާޒީ ދެއްވި ފުރުސަތުގައި، އެމަނިކުފާނު އެދިވަޑައިގަތީ "އަވަސް އަރުވާލައިގެން" ޝަރީއަތް ކުރިއަށް ނުގެންދިއުމަށާއި ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުމަށެވެ.

އެހެންނަމަވެސް ގާޒީ ނަދީމް ވިދާޅުވީ ހެކިބަސް ދިނުން ލައިވްކޮށްފިނަމަ ހެކިބަސް ތައްޔާރު ކުރުމާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށެވެ. އަދި ހެކިބަސް ނެގުމުގެ މަރުހަލާއަށް ފަހު އަޑުއެހުންތައް ލައިވްކުރާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީގެ މި ނިންމެވުމާ ގުޅިގެން ރައީސް ޔާމީން އަނެއްކާވެސް ވަނީ ހެކިބަސް ނެގުން ލައިވް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. 

"އަޅުގަނޑަކީ އެތައް ހާސް ރައްޔިތެއްގެ ހައްގުތައް އުފުލާ މީހަކަށް ވާތީވެ ތަކުރާރުކޮށް މި ދަންނަވަނީ، ހެކިބަސް ނަގާ ނެގުން ހާއްސަކޮށް ލައިވްކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަނބުރު ނަގާލުމަށް ކަމަށާއި ފުލުހުން އެމަނިކުފާނު ފްރޭމް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.  

އަދި ދައުލަތުން ހުށަހަޅާފައިވާ ޝަފައީ ހެކިންގެ ހެކިބަސް ނެގުން ލައިވް ކުރުމަށް އެދޭ އެންމެ ބޮޑު ސަބަބަކީ މީގެ ކުރީގެ ޝަރީއަތްތަކުގައި ވެސް ލައިވްކުރުމުން އެ ހެކިބަހުގައި ބުރަދަނެއް ނެތް ކަން ދިވެހި ރައްޔިތުންނަށް އެނގިގެން ދިޔުމެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ފަހު ގާޒީ ވިދާޅުވީ އެއީ މި ވަގުތަށް ޝަރީއަތުގެ ވިސްނުން އޮތް ގޮތް ކަމަށެވެ. އެކަމަކު އެ ވިސްނުން ފަހުން މުތާލިއާ ކުރެވިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މިމައްސަލައިގެ އަޑު އެހުމެއް ބޭއްވެވުމަށް ދެން ތާވަލް ކުރައްވައިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.