އޮޓީމާ ޕާސްތާ
ވިޔަފާރި
30 Apr 2023 | 12:40
އޮޓީމާ ޕާސްތާ ބޭނުން ކޮށްގެން ލޯ ކެލޮރީސް ކެއުމެއް ތައްޔާރު ކޮށްލާނެ ގޮތް

އޮޓިމާ އަކީ ދާދި ފަހުން ވިލާ ޓްރޭޑިންގްއަށް ތައާރަފް ކުރި ޕާސްތާ ބްރޭންޑެކެވެ. އޮޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އަކި ވައްތަރުގެ ޕާސްތާ ލިބެން ހުރެއެވެ. ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮއްޓިމާ ޕާސްތާއަކީ އިޓަލީގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ތައްޔާކުރަމުން އަންނަ ޕާސްތާއެކެވެ.

އޮޓިމާގެ އެކި ވައްތަރުގެ ޕާސްތާގެ ތެރޭގައ ފަފާލޭ ޕާސްތާ، ފުސިލީ، މެކަރޯނީ ޕާސްތާ، ލަޒާނިއާ، ސްޕެގެޓީ, ރިގަޓޯނީ، ފެޓުޗީނި ޕާސްތާ ހިމެނެއެވެ.

ދިގު އަދި ހިމަ ޕާސްތާ އަކީ ދިގުކޮށް ހިމަކޮށް ހުންނަ ވައްތަރުގެ ޕާސްތާ ނުވަތަ އާންމުކޮށް ސްޕެގެޓީ އޭ ކިޔާ ޕާސްތާއެވެ. އެހެނިހެން ޕާސްތާއާއިވެސް އެއްފަދައިން ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންފުޅުވާ ވައްތަރުގެ ސޯސް އަދި މަހާއި އެއްކޮށްލުމުން ތައްޔާރުވީއެވެ.

ރިބަން ޕާސްތާއަކީ ބަރު އަދި އަނގަޔަށް ލުއި ސޯސްތަކާއި އެކުވެސް ތައްޔާރުކޮށްލެވޭ ޕާސްތާއެކެވެ. ރިބަން ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ފެޓުޗީނި، ލަސާނިޔާ އަދި ޕައްޕާޑެލް ހިމެނެއެވެ.

ޓްވިސްޓް ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ސްޕައިރަލް އަދި ކޯކްސްކްރޫ ގޮތަށް ހުންނަ ޕާސްތާ ހިމެނެއެވެ. މިގޮތަށް ހުންނަ ޕާސްތާގެ ދޭތެރެތައް ނުވަތަ ބަޑިބަޑި ހުރުމުގެ ސަބަބުން ބޭނުންކުރާ ސޯސްއެއް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. އަދި ފުސިލީ ޕާސްތާއަކީ ބޯކޮށް ހުންނަ ސޯސްތަކަށާއި ޕާސްތާ ސެލެޑް ތަކަށް އެންމެ ބަރާބަރު ޕާސްތާއެވެ.

ރިގަޓޯނީ ޕާސްތާ އަކީ ކުދިކޮށް ހޮޅިތަކެއް ގޮތަށް ހުންނަ ޕާސްތާއެކެވެ. އަދި މި ޕާސްތާ އެހެން ހުރުމުގެ ސަބަބުން ސޯސް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. މިއީ ހާއްސަކޮށް އޮލަކޮށް ހުންނަ ޗީސް ސޯސްތަކާއި ވަރަށް ގުޅޭ ޕާސްތާއެކެވެ. މި ހުރިހާ ވައްތަރުގެ ޕާސްތާވެސް ވިލާ މާޓުން ލިބިގެންދާނެއެވެ.

އޮޓީމާ ޕާސްތާ އަކީ ސިއްހަތަށް ފައިދާހުރި ލޯ ކެލޮރީސް ކެއުން ތައްޔާރު ކޮށްލުމަށްވެސް ބަރާބަރު އެއްޗެކެވެ. އެގޮތުން މި ގެނެސްދެނީ މި ޕާސްތާ ބޭނުން ކޮށްގެން ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ ލޯ ކެލޮރީސް ކެއުމަށް ތައްޔާރު ކޮށްލާނެ ގޮތެވެ. 

ބޭނުންވާ ތަކެތި

1 ބޮޑު، ދޮންވެފައިވާ އެވަކާޑޯ 

1 އޮޓީމާ ޕާސްތާ ބޮނޑި

1 ޕެކެޓް އަލްމަންޑް މިލްކް ނުވަތަ އެނޫންވިޔަސް ޕްލާންޓް ބޭސްޑް މިލްކް ޕެކެޓެއް (500މިލި ލީޓަރު) 

1/2 ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް 

3 ލޮނުމެދު

1 ސައިސަމުސާ އަސޭމިރުސް 

ލޮނު

ބޭސިލް ލީފް

1 ޖޯޑު ޕާމެޝަން ޗީޒް

ތައްޔާރުކުރާނެ ގޮތް 

1) ޕާސްތާ ބޮނޑީގައި އިރުޝާދު ދީފައިވާ ގޮތަށް ޕާސްތާ ކައްކާލާށެވެ. އެއަށްފަހު ޕާސްތާތައް ތައްޓަކަށް ލުހެލުމުގެ ކުރިން ޕާސްތާ ކެއްކި ފެނުން 1/4 ޖޯޑު ފެން ނަގާށެވެ. 

2) ދެން އެވަކާޑޯ ސޯސް ތައްޔާރު ކޮށްލުމަށް، މަތީގައި ބަޔާން ކޮށްފައިވާ ހުރިހާ ތަކެތި މިކްސަރުން އެއްކޮށް ހިމުން ޕޭސްޓް ހެދެން ދެން މުގުރާލާށެވެ. 

3) ދެން ތެލު އުނދުން މައްޗަށް އުދުމަށްފަހު، ތެލީގައި ޕާސްތާ އާއި ސޯސް ރަނގަޅަށް އެކުލަވާލާށެވެ. އަދި ހެޔޮ ވަރު ވަރަށް ކުރިން ނެގި ޕާސްތާ ފެންވެސް އަޅާލައި އެކުލަވާލާށެވެ. 

މިހާރު އެހުރީ ހަށިގަނޑަށް ފައިދާހުރި މީރު އެވަކާޑޯ ޕާސްތާ ތައްޔާރު ވެފައެވެ. ޗިލީ ފްލޭކްސް ކޮޅެއް އަޅާލައިގެން ކާލަން މި ޕާސްތާ މީރު ވާނެއެވެ. 

ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް އަކީ 13 ޖެނުއަރީ 2021 ގައި ގެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ.

ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ވިލާ ޓްރޭޑިންގުން އެންމެ އިސްކަން ދޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ކެއުމުގެ އާދަކާދަތަކާއި އެންމެ ގުޅުން ހުރި މީރު ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް 2021 ގެ ސެޕްޓެމްބަރ މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ.

ވިލާ މާޓުން ވިއްކާ ހުރިހާ  ތަކެއްޗެއްވެސް މާލެ, ހުޅުމާލެ އަދި  ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.