މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސް ޞާލިހު ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Apr 2023 | 22:26
ޗާގޯސް މައްސަލައިގައި ނެގިކަމަށް ތުހުމަތުކުރެވޭ 500 މިލިއަން ޑޮލަރުގެ ވާހަކަ މޮރިޝަސްގެ ނޫސްތަކަށް!

ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ހުކުރު ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލައިގައި މި ސަރުކާރުން މޮރިޝަސްއާއެކު ހެދި ޑީލުގެ ވާހަކަ މޮރިޝަސްގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފި އެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފަ އެވެ.

މިކަން ވަނީ މޮރިޝަސްގެ ބައެއް ނޫސްތަކުގެ ސަމާލުކަމަށް އައިސްފަ އެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީފުޅު ހާމަނުކުރާތީ ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމުންނާއި، ސަރުކާރު ހިންގާ މައި ޕާޓީގެ ބައެއް މެމްބަރުންވެސް ފާހަގަކުރަމުންދާކަމަށް މޮރިޝަސްގެ ބައެއް ނޫސްތަކުގައި ފާހަގަކޮށްފައި ވެއެވެ. އަދި ހަމަ އެހެންމެ އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް ތުހުމަތުކުރެވޭ 500 މިލިއަން ޑޮލަރުގެ ޑީލުގެ ވާހަކަވެސް މޮރިޝަސްގެ ނޫސްތަކުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން މި މައްސަލައާއި ގުޅިގެން ރައީސް ޞާލިހާއި ފޮރިން މިނިސްޓަރު ޝަހިދަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުކޮށްފައިވަނީ ޒަމާނުއްސުރެ ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސަރުކާރުތަކުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް ލިބެން ޖެހޭކަމަށް ދިވެހިން ތައީދުކުރުމުންކަން ވެސް އެ ނޫސްތަކުގައި ބަޔާންކޮށްފައި ވެއެވެ. 

މޮރިޝަސްގެ ނޫސްތަކުން އެކަން ހާމަކުރުމާއި ހަމަޔަށް އެ ގައުމުގެ ސަރުކާރުންވެސް އެ މައްސަލައިގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރާއެކު މޮރިޝަސްގެ މޮޑުވަޒީރު ސިއްރު ޑީލެއް ހަދާފައިވާކަމަށް ތުހުމަތުކޮށް އަޑުތައް ފެތުރިފައިވާކަން ރިޕޯޓު ކުރުމާއި ގުޅިގެން މޮރިޝަސްގެ ބޮޑު ވަޒީރު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އަދި އެފަދަ ޑީލެއް ހަދާފައި ނުވާކަމަށް ބުނެ އެ މައްސަލައިގައި ވާހަކަ ދައްކަވާފަ އެވެ. 

އެހެން ނަމަވެސް މިހާތަނަށް ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ދެ ގައުމުންކުރެ އެއް ގައުމަކުންވެސް ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.