ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2023 | 18:36
ހިޔާ ފްލެޓު ކުލި ކުޑަކުރެވޭނެ ފޯމިއުލާ ވަނީ ހޯދިފަ: ރައީސް ޞާލިހު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި، ހިޔާގެ ފިނިޝިން ސަރުކާރުގެ ޚަރަދުގައި ނިންމުމަކީ ބޮޑު ދައުލަތުގެ މާލިއްޔާއަށް އުފުލޭނެ ބުރައެއް ނޫންކަމަށް މީގެ ކުރިން ސަރުކާރުން ބުނި ނަމަވެސް މިހާރު ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރެވޭނެ ފޯމިއުލާ ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ ކުއްލި ގޮތަކަށް ސަރުކާރުން ހިޔާ ފްލެޓުގެ ކުލި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް 5300 ރުފިޔާއަށް ކުޑަކުރަން ނިންމީ ކޮން ސަބަބަކާއި ހުރެތޯ ރައީސް އޮފީހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުން އަންނަތާ ކުޑަ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އެގޮތުން ހިޔާ ފްލެޓު ޔޫނިއަންގެ ބައެއް ބޭފުޅުންނާއި އެކުވެސް މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، އަދި ސަރުކާރުން ކުރި މަސައްކަތްތަކާއެކު ހިޔާ ފްލެޓުގެ ކުއްޔަށް މިހާރަށްވުރެ ލުއި ގޮތެއް ހޯދިފައިވާކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

"ކުރީގައި ވެސް އޮތް ޚަރަދު އެއީ އޮތް ޚަރަދު. އެ މަހަކަށް ބެހީމަ 25 އަހަރަށް، އަހަރަކު 12 މަސް ދުވަހަށް ކަމަށް ބެލީމަ ޖެހޭ އަދަދު އަދިވެސް އަންނަނީ. އެހެން ނަމަވެސް އެހެން ގޮތް ގޮތް ހުންނާނެ އެކަން ކުރެވޭނެ. އެހެންވީމަ އެގޮތުން އަޅުގަނޑުމެންނަށް މަޝްވަރާކޮށްފަ ހޯދުނު ފޯމިއުލާއެއް އެއީ" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރެވޭނެ ގޮތެއް ސަރުކާރަށް ހޯދިފައި ވީނަމަވެސް އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓުމަންޓަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި އެތަނަށް ކޮށްފައި ހުރި ޚަރަދުން ފްލެޓަކަށް ޖެހޭ އަގުވެސް ކުޑަ ނުވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްފައިވާކަމަށް ނޫސްތަކުގައި ރިޕޯޓުތައް ޝާއިއުކުރި ނަމަވެސް އަދި ރަސްމީކޮށް ސަރުކާރުން އަގުތައް ކަނޑައަޅާ އެ އަގުތައް ހާމަކޮށްފައި ނުވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. 

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކުއްޔަށް ލުއި ގޮތްތަކެއް މިހާރު ސަރުކާރުން ހޯދާފައިވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.