ރައީސް ޔާމީން ގެ މައްސަލަ އެއްގެ ޝަރީޢަތުގެ ތެރެއިން--
ހަބަރު
30 Apr 2023 | 15:10
ފުއްގިރި މައްސަލަ: އިފްތިތާޙީ ބަޔާން ހުށަހެޅުމަށް ރައީސް ޔާމީނަށް އިތުރު ފުރުސަތެއް

ރ. ފުއްގިރި މައްސަލައާއި ގުޅިގެން އެކަށީގެންވާ ގޮތެއްގައި ގާނޫނީ ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިފްތިތާހީ ބަޔާން ހުށަހަޅަން ކުރީގެ ރައީސް އަބްދުالله ޔާމީން ދެކޮޅު ހެއްދެވުމުން، އަނެއްކާވެސް އެމަނިކުފާނަށް އިފްތިތާޙީ ބަޔާން އިއްވަން އިތުރު ފުރުސަތެއް ދެއްވައިފިއެވެ. 

ރ. ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވެވުމެވެ. އެ ދުވަހު ޔާމީނުގެ ފަރާތުން ވަނީ އިފްތިތާޙީ ބަޔާން އިއްވުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ ދުވަހު ވަނީ އެ ފުރުސަތު ދެއްވަވާފައެވެ.

މި މައްސަލާގައި މިއަދު ތާވަލް ކުރީ ޔާމީންގެ ފަރާތުން މައްސަލައިގެ އިފުތިތާހީ ބަޔާން އިއްވުމެވެ. 

އެގޮތުން ރައީސް ޔާމިންގެ ފަރާތްޕުޅުން އިފްތިތާހީ ބަޔާން އިއްވުމަށް ދެވުނު ފުރުސަތުގައިވެސް ވަކީލުން ވިދާޅުވީ، ޔާމީނާ މަޝްވަރާ ކުރުމެއް ނެތި އިފްތިތާޙީ ބަޔާން ހުށައެޅުމަށް ދަތި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނަށް ވާހަކަ ދައްކަވަން ދެއްވި ފުރުސަތުގައި އެމަނިކުފާނު ވެސްވަނީ އިފްތިތާޙީ ބަޔާން ހުށައެޅުމަށް އަދި ފުރުސަތެއް ދެއްވުމަށް ތަކުރާރުކޮށް އެދިލައްވާފައެވެ. 

ޔާމީންގެ އެދިލެއްވުމާއި ގުޅިގެން ދައުލަތުން ވަނީ އަންނަ އަންގާރަ ދުވަހު ބާއްވާ އަޑުއެހުމުގައި ހެކިބަސް ނަގަން ފެށުމުގެ ކުރިން އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ޔާމީނަށް ދެއްވުމަށް އެދިފައެވެ. ނަމަވެސް މާދަމާ އަކީ ބަންދު ދުވަހެއް ކަމުން ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

އެއާއި ގުޅިގެން ދައުލަތުން ވަނީ ކަރެކްޝަންސްއާ ވާހަކަ ދައްކައިގެން މާދަމާ އެ ފުރުސަތު ލިބޭ ގޮތް ހަމަޖެއްސިދާނެ ކަމަށް ވިދާޅުވެފައެވެ. 

ދައުލަތުން އެފަދައިން ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމިން އަށް ދެއްވުނު ފުރުސަތު އެމަނިކުފާނު ވަނީ ޝަރީއަތް އޮތީ ބަންދު ދުވަސް ދުވަހުގައި ވެސް ކުރިއަށް ގެންދަން ޖެހޭހާ އަވަސްމިނުގައިތޯ ސާފުކޮށްދޭން އެދިވަޑައިގަންނަވާފައެވެ.

"މިހެން ދާ ކަމަށް ވަންޏާ ކީއްވެގެންތޯ ޝަރީއަތުގެ މަޖިލިސް ހުކުރުދުވަހާއި ހޮނިހިރު ވެސް ނުބާއްވަނީ؟" ޔާމީން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ބުދަ ދުވަހަށް އަޑުއެހުމެއް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އެ އަޑުއެހުމުގައި އޮންނާނީ ޔާމީނުގެ ފަރާތުން އިފްތިތާޙީ ބަޔާން އިއްވުމާއި ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ކޮމެންޓް
އިބުރާހިމް
ޖަމީލު ުޅެނީކީ ޔާމީން ސަލާމާތްކުރާކައްނޫން ވެރިކަމައް އައުމަށް
30 Apr 2023
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.