ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Apr 2023 | 23:02
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރާނެ ތާރީޚު ދަންނަވަން ދަތި: ޖެންޑާ މިނިސްޓަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސު ބޮޑުކުރާނެ ވަކި ތާރީޚެއް ދަންނަވަން ދަތިފުޅުވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ޖެންޑާ މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ސިއްޙީ ދާއިރާގެ މުސާރައަށް މި އައި ބަދަލުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް މިރޭ ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެއީ މާ ކުޑަ މިންވަރެއް ކަމަށް ބުނެ، އެ އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް، ލޯފަން މީހުންނާ އެކު ރައީސް ސޯލިހު 2021 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމެއްގައި އެ މީހުންގެ ފަރާތުން ވެސް ވަނީ ރައީސް ސޯލިހަށް ދަންނަވާފަ އެވެ.

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކޮށްފައި އަދި ސިފައިންނާއި ފުލުހުންގެ މުސާރަވެސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުވާނީ ކިހާ ހިސާބަކުތޯ "ވޮއިސް" އިން ވަނީ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. 

އެހެން ނަމަވެސް އެ އެލަވަންސް ބޮޑުކުރާނެ ވަކި ތާރީޚެއް ދަންނަވަން ނޭނގޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ސީދާ ކަނޑައެޅިގެން އަޅުގަނޑަކަށް ނޭނގޭ ދަންނަވާކަށް މިވެނި ތާރީޚެއްގައެކޭ. އެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން"

ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރާނެ ވަކި ތަރީޚެއް މިނިސްޓަރު ވިދާޅުވެފައި ނުވި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި ނިންމާފައިވާ ކަމަށެވެ.

އަދި ޖޫން މަހުން ފެށިގެން އެމީހުންނަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ