ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--
ހަބަރު
02 May 2023 | 09:42
ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދިނީ ރައީސް ޔާމީނަށް: ޢިމްރާން

ޖަލު ގައިދީންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ޚިދުމަތް ދެވިފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ، ޖަލުގެ ކަންކަން ބަލަހައްޓާ ބޭފުޅަކަށް ޢިމްރާން ހުންނަވާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. 

އަދި އިމްރާން އަކީ ރައީސް ޔާމީން އާއި ޒާތީވެފައިވާ މީހެއް ކަމަށާ، ޖަލު ބަލަހައްޓާ މީހުން މެދުވެރިކޮށް ވެސް ޔާމީނަށް އެކި ގޮތްގޮތުން ދުއްތުރާ ކުރަން އޭނާ މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"ފާހާނާއަށް ދަންދެން ކެމެރާ އަޅާއިގެން ގޭގަ އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫމްމަންޓްސްއެއް ބެލޭގޮތަށް އިމްރާމް ރާވާފަ ހުރި ކަމަށް. މީ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތު. މިވަރުގެ ނުބައި ނުލަފާ މީހެއް އިމްރާނަކީ." ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވިއެވެ.

އިދިކޮޅުން ކޮށްފައިވާ އެ ތުހުމަތު ތަކާއި ގުޅިވައި ޢިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ އިންސާނީ ކަރާމާތާއި، ހައްގުތަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރުމަކީ އޭނާގެ ޟަމީރު ތަންދޭ ކަމެއް ނޫން ކަމަށެވެ. 

"ޖަލުގައި މިހާތަނަށް އެންމެ ގިނަ ޚިދުމަތް ދެވުނު ގައިދީ އަކަށް ވާނީ ރައީސް ޔާމީން ކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުންނަށް އެނގިވަޑައިގަންނަވާނެ." ޢިމްރާން ވިދާޅުވި އެވެ. 

ޢިމްރާން މިފަދައިން ވިދާޅުވި ނަމަވެސް، ކެމެރާ ހަރުކޮށް ރައީސް ޔާމީންގެ ހަރަކާތްތައް ބައްލަވާ ކަމަށް ކުރެއްވި ތުހުމަތު ތަކާއި ގުޅިގެން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.