އެމްއާރއެމް ގެ މެންބަރޝިޕް ފޯމު އިލެކްޝަނަށް ހަވާލުކުރުން--ފޮޓޯ އެމްއާރއެމް
ހަބަރު
04 May 2023 | 11:17
ސަރުކާރަށް ތާއީދުކުރާ އެމްއާރްއެމްގެ 11 މެންބަރަކު އިސްތިއުފާ ދެއްވައިފި

އެމްއާރްއެމްގެ އެކްސްކޯ މެންބަރުންނާއި، އެ ޕާޓީގެ ނާއިބު ރައީސް އަދި ތަރުޖަމާނު ހިމެނޭހެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ އެޕާޓީގެ 11 މެންބަރަކު ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ. 

އެމްއާރްއެމްގެ މެންބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކޮށް ޕާޓީން ވަކިވިކަން އިޢުލާން ކޮށްފައިވަނީ؛ 

ޝަޒައިލް ޝިޔާމު-- ޕާޓީގެ ނައިބު ރައީސް

ތަޒްމީލް އަބްދުއްސަމަދު-- މެމްބަރު

މުހައްމަދު ރާއިދު-- އެކްސްކޯ މެމްބަރު

މުހައްމަދު ނަދީމް-- އެކްސްކޯ މެމްބަރު

އަފްރާތު އިބްރާހިމް-- އެކްސްކޯ މެމްބަރު

އިބްރާހިމް ފަރުހާދު-- ޒުވާނުންގެ ކައުންސިލް ރައީސް

އަހުމަދު ސަފްޥާނު-- އެކްސްކޯ މެމްބަރު

އަބްދުލް ހަމީދު އަހުމަދު-- މެމްބަރު

މުހައްމަދު ފައިސަލް-- މެމްބަރު

އިސްމާއިލް ނާއިލް ނަޝީދު-- ތަރުޖަމާނު

އަލީ ފަޞީލް-- އެކްސްކޯ މެމްބަރު

އެ މެންބަރުން އިސްތިއުފާ ދެއްވައި ނެރުއްްވި ބަޔާން "ވޮއިސް" އަށް ލިބިފައިވާއިރު, އެ ބަޔާނުގައި އިސްތިއުފާ ދެއްވާ ސަބަބެއް ކަމުގައި ހާމަކޮށްފައިވަނީ، ޕާޓީ އުފެއްދެވި ރައީސް މައުމޫނު ގެންގުޅުއްވި، އެންމެހާ އަސާސް ތަކާއި ފަލްސަފާތަކެއް ފަނޑުވަމުން ގޮސް، ވޭތުވެދިޔަ ދުވަސް ތަކުގެ ތެރޭގައި، ވަކި ބަޔަކު ބޭނުންވާ މަޤުޞަދުތަކެއް ހާޞިލުކުރުމަށް ގެންގުޅޭ ހަތިޔާރަކަށް އެ ޕާޓީ ވެފައިވުން ކަމަށެވެ.  

އަދި އެ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ އުސޫލެއް އަވަހަށް ކަނޑައެޅުމަށް ޕާޓީގެ ރައީސް ފާރިސް މައުމޫނުގެ އަރިހުން އެދިލެއްވުމުން އެކަމުގައި ފާރިސް އަމަލު ކުރެއްވީ ވަރަށް ފަރުވާކުޑަ ގޮތަކަށް ކަންވެސް އެ މެންބަރުން ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުންވެސް، ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ، ޗާގޯސް މައްސަލާގައި ސަރުކާރާއި ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މެންބަރުން ބައިވެރިކަން ފާހަގަކުރައްވައި އެއީ ކޮށްގެން ނުވާނެ ކަމެއް ކަމަށް އެ މެންބަރުން ދެކޭ ކަމަށްވެސް ބަޔާނުގައި ވެއެވެ. 

އަދި ޕާޓީން އިސްތިއުފާ ދެއްވަން ނިންމެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ންނަ
ލާރިއަށް ހެދި މޮޔަވެފައި
04 May 2023
ރަޝީ
މިމެންބަރުންނަކީ އަމިއްލަ އެދުމުން ފުރިގެންވާ މެންބަރުންތަކެއްކަން ފާހަގަކުރެވެއެވެ.
04 May 2023
ކިނބޫ
ޣައްދާރުންގެ ލިސްޓުގަ ހިމަނާފަ ބަހައްޓާ! ޗާގޯސް މައްސަލައޭ ކިޔައި އަނގަ ހުޅުވަން އެނގޭވަރު މީހަކު ތިތާ ހުރިނަމަ ރަނގަޅުތާ!
06 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.