ތަރުޖަމާނު މިއުވާން
ހަބަރު
05 May 2023 | 13:18
އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮކުރުމަށް މަސައްކަތް ކުރެވެމުން ދޭ: މިއުވާން

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގެ ފެންވަރު ރަނގަޅު ކޮަށް އަގު ހެޔޮކުރުމަށް މަސައްކަތް ތަކެއް ކުރެވެމުން ދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއުވާން މިހެން ވިދާޅު ވިއިރު ދާދި ފަހަުންވެސް ޤައުމީ އެއަރލައިން ހިންގާ މޯލްޑިވިއަން އިން ވަނީ މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހު ޓިކެޓްގެ އަގު ބޮޑު ކޮށްފައެވެ.

މޯލްޑިވިއަން އިން މީޑިޔާ ތަކަށް ބުނެފައިވަނީ ޓިކެޓުގެ އަގު ބޮޑުވެފައި ވަނީ އެއާޕޯޓް ހޭންޑްލިން ޗާޖުތައް ބޮޑުވުމުން ކަމަށެވެ. އޭގެ ފަހުންވެސް މިދިޔަ މަހުވެސް ޓިކެޓްގެ އަގު އިތުރަށް ބޮޑުވެގެން ދާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިޔަކު މިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ރައްޔުތުންނަށްދޭ ޙިދްމަތް ތަކުގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ތަކެއް ކުރެވެމުން ދާ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ހާއްސަ ގޮތެއްގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް ކުރެވޭ މަސައްކަތުގައި ކޮންމެވެސް ވަރެެއްގެ ދަތިތަކެއް، ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ދިމާވާނެ ކަމަށެވެ.  އެހެން ނަމަވެސް އެތެރޭގެ އުދުހުންތަކުގެ ޚިިދުމަތް ރަނގަޅުކޮށް، ޚިދުމަތުގެ އަގު ހެޔޮ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށާއި، ސަރުކާރުގެ ކުންފުނިތަކާއި، އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެތެރޭގެ އުދުހުން ތަކުގެ އަގު ބޮޑު ވަމުން ދާ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އަދި ޚާއްސަ ކޮށް ސްކޫލް ޗުއްޓީ ތަކާއި ދިމާކޮށް  އެތެރޭގެ އުދުހުން ތަކުގެ އަގުތައް އުފުލިގެން ދާ ކަމީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

ކޮމެންޓް
✌🏽
ކޮތަޅޭ ނުކިޔަބަލަ 🤬
08 May 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.