އާސަންދަ އޮފީހެއްގެ ރިސެޕްޝަނުނަ ކަސްޓަމަރުންނަށް ޚިދްމަތއ ދެނީ
ހަބަރު
05 May 2023 | 15:47
މުޅި ސޯޝަލް ސެކިއުރިޓީގެ ނިޒާމުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވޭ: މިއުވާން

ޖުމްލަކޮށް މުޅި ސޯޝަލް ސެކިއުރިޓީގެ ނިޒާމް ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް މިހާރުވެސް ކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ތަަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއުވާން މިހެން ވިދާޅުވީ އާސަންދައިގެ ޚިދްމަތާއި ގުޅޭ ގޮތުން ނުސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިއުވާން ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދޭ ޤައުމީ ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައިގެ ހަރަދުތައް ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމުން، އާސަންދައިން ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މުޅި ސޯޝަލް ސެކިއުރިޓީ ނިޒާމަކީ ފެށުނީއްސުރެވެސް ހަރަދު ބޮޑު ނިޒާމެއް ކަމަށާއި، އަދި މީގެ ތެރެއިން ވަރަށް ގިނަ މައްސަލަތަކެއް ފަހަގަ ކުރެވިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެހެން ނަމަވެސް ހަރަދު ކުޑަ ކުރުމަށާއި، މި މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން މާބޮޑެތި މަސައްކަތަަކެއް ކުރެވިފައެއް ނެތް ކަމަށާއި، އެހެން ނަމަވެސް އާސަންދަ އިން ކުރާ ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން މިއަހަރު ތެރޭގައި މަސައްކަތްތަކެއް  ކުރިއަށް އެބަ ގެންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެގޮތުން ޖުމްލަކޮށް މުޅި ސޯޝަލް ސެކިއުރިޓީގެ ނިޒާމް ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވިފައިވާ ކަަމަށާއި، އޭގެ ތެރެއިން ސޯޝަލް ކައުންސިލަށްވެސް ބައެއް ކަންކަން ހުށަހެޅިފައިވާ  ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެ ކަންތައްތަކާއި މެދު ބަހުސް ކުރެވި ކަމާއި ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވެ އެ ބަދަލުތައް އިމްޕްލިމެންޓް ކުރެވިގެން ދާނެ، އަދި އިމްޕްލިމެންޓް ކުރެވިގެން ދިޔައީމަ އާސަންދައިން ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭނެ" މިއުވާން ވިދާޅުވިއެވެ.

އާސަންދައަށް ހަރަދުކުރަން މިއަހަރު ބަޖެޓް ކުރި 1.04 ބިލިޔަން ރުފިޔާގެ ތެރެއިން މިހާރު ބާކީ އޮތީ 237.8 މިލިޔަން ރުފިޔާ ކަމަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެފައި ވެއެވެ. އެހެންކަމުން  މިއަހަރު މިހާރު އާސަންދަ އަށް 807.2 މިލިއަން ރުފިޔާ ހަރަދު ވެއްޖެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.