ޝެއިޚް އަބްދުالله ސައުދާން--
ހަބަރު
06 May 2023 | 12:20
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ ޚިޔާނާތްތެރި މުޖުރިމުން: ޝެއިޚް ސައުދާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ ބޮޑެތި މުޖްރިމުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުالله ސިފަކުރައްވައިފިއެވެ. 

ޝެއިޚް ސައުދާން މިފަދައިން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިޓްލޮސްއިން ކުރި ހުކުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށްބުނެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އިދިކޮޅުން މަޝްވަރާ ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން ޝެއިޚް ވިދާޅުވީ، މި ސަރުކާރުން ދަނީ ރައްޔިތުންގެ މިލްކު މުދަލަށް އެގޮތްމިގޮތް ހަދައި، ރީތިހާ ގޮތްގޮތަށް ގައުމުގެ ސިޔާސަތާއި ސިޔާދަތާ ކުޅެން ރައްޔިތުންގެ ފައިސާއިން މުސާރަނަގަމުން ކަމަށެވެ. އަދި އެފަދައިން ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވާނީ ބޮޑެތި މުޖްރިމުން ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

"ރައްޔިތުންގެ މިލްކުމުދަލަށް އެގޮތްމިގޮތް ހަދަމުން، 5 އަހަރު ވަންދެން އަމިއްލަ އެދުމައިގެން ސަރުކާރުގައި ބަގުޑިބައްދަމުން، ރީތިހާގޮތްގޮތަށް ގައުމުގެ ސިޔާސަތައި ސިޔާދަތާ ކުޅެން ރައްޔިތުންގެ ފައިސާއިން މުސާރަނަގަމުން، ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވާނީ ބޮޑެތި މުޖްރިމުން." ޝެއިޚް ވިދާޅުވި އެވެ. 

އިޓްލޮސް އިން ޗާގޯސް މައްސަލައިގައި ހުކުމް އިއްވީ ސަރަހައްދީ އިމުގެ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.

އަދި އެގޮތުން، ބަހާއިރު، އިން ކަނޑައަޅަން ނިންމާފައިވަނީ ރާއްޖެއިން އެދުނު ގޮތަށެވެ. އޭގެ ސަބަބުން ރާއްޖޭގައި މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
ހަނިމާދޫ ހަސަން
މީނާގެ އިލްމް ވެރިކަން ހުރި މިންވަރު ވ. ސާފު. ދެން ގައުމުގެ ހާލަތު އޮންނާނީ ކިހިނެއްކަން ވަޱަން ކުރެވޭ.
07 May 2023
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.