ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ވޮއިސް
ހަބަރު
07 May 2023 | 16:35
ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި

ރ.ފުއްގިރި ކުއްޔަށް ދިނުމާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ ޝަރީއަތް އަވަސް ކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއް ކަމަށް ވިދާޅުވެފައެވެ. އަދި ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ގެއްލޭނެ ހައްގެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޔާމީން ވަނީ، އެ މައްސަލައަކީ ކޯޓުގައި އޮންނަތާ ތިން އަހަރުވީ މައްސަލައެއްކަން ފާހަގަކުރައްވައި އެ މައްސަލައިގެ ހެކިބަސް ނެގުން ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ބާއްވަނީ ހެކިވެރިންނާ ސުވާލުކުރައްވަން ތައްޔާރުވެވަޑައިގަތުމަށް ވަކީލުންނާވެސް ބައްދަލުކުރެއްވުމުގެ ފުރުސަތު ނުލިބޭ ގޮތަށްކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑަކީ ގައިދީއެއް. އަޅުގަނޑަކަށް ނުލިބޭ މައްސަލަ އަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތެއް،" ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އިތުރުން، ސްޕްރީމްކޯޓުގައި މި މައްސަލައާ ގުޅިގެން އިތުރު އިސްތިއުނާފީ މައްސަލައެއް، މި މައްސަލާގައި ދައުވާ ރައްދުވާ އަނެއް ފަރާތްކަމަށްވާ އަޙްމަދު ކުރިކު ރިޒާގެ ފަރާތުންވެސް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ކުރިކު ރިޒާގެ ވަކީލު ހަމްޒާ ވެސް ވަނީ މައްސަލާގައި ހެކިބަސް ނެގުން އަވަސް އަރުވާލައިގެން ގެންދާއިރު ކުރިމިނަލް ކޯޓުން މިހާރުވެސް އެ ކޯޓުގައި ޖާގައިގެ ދަތިކަން ދިމާވުމުން ކޮންމެ ދުވަހަކު ޤާޟީންނަށް މައްސަލަތައް ނުބޭއްވޭކަމަށް އަންގާފައިވާ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ފުއްގިރި މައްސަލަ ބޭއްވުމުގައި އެއްވެސް ދަތިކަމެއް ދިމާނުވެ ބަރާބަރަށް ދުވަހުން ދުވަހަށް މައްސަލަ ބޭއްވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ވަކީލުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.

ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.