އއ. އުކުޅަހު ކައުންސިލްގެ އިދާރާ--
ހަބަރު
07 May 2023 | 20:19
އުކުޅަހުގައި ސަފާރީއެއް ބަނދަރުގައި ބާއްވައިގެން ރާ ވިއްކާ ކަމަށް ބުނެ އާއްމުން ކައުންސިލަށް

އއ. އުކުޅަހު ބަނދަރުގައި މަރާމާތަށް ކަމަށްބުނެ ބާއްވާފައި އޮތް ސަފާރީއަކުން ރަށުތެރެއަށް ބަނގުރާ ވިއްކަމުންދާ ކަމަށްބުނެ އެރަށު އާއްމުން ކަންބޮޑުވުން ފާޅުކޮށް، ކައުންސިލަށް މައްސަލަ ހުށަހަޅައިފިއެވެ. 

އުކުޅަހުން "ވޮއިސް"އަށް މައުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވީ، އެ ސަފާރީ ބަނދަރުގައި އޮވެގެން ރާ ވިއްކުމުގެ ސަބަބުން އެ ރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެ، ރަށުގައި އަމާންކަން ގެއްލިގެންދާނެ ކަމާއިމެދު ގިނަ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން އަންނަ ކަމަށެވެ. އެހެނީ، އެ ސަފާރީއަކީ އެ ރަށު ފަޅުތެރޭގައި އޮތް އިރުވެސް ރަށަށް ރާ ވިއްކުމުގައި އެންމެ ކުރީ ސަފުގައި އޮތް ސަފާރީއަށްވާއިރު، ރަށުގެ ބަނދަރާއި ހަމައަށް އެއަށް އާދެވުމަކީ، ކުރިއަށް ވުރެވެސް ފަސޭހަކަމާއިއެކު އެކަން ކުރުމަށް އެފަރާތްތަކަށް މަގުފަހިވެގެން ގޮސްފައިވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ، އެފަދައިން ސަފާރީ ބަނދަރުގައި ބާއްވައިގެން ރާ ވިއްކުމުގެ ކަންކަން ކުރުމަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ރަށުން ކުރަމުންދާ މަސައްކަތަށްވެސް އެޅިގެންދާނެ ހުރަހެއް ކަމަށާ، އެފަދައިން އެކަން ކުރުމަށް އެރަށުގައި ގެސްޓްހައުސް ހިންގާ ގިނަ ފަރާތްތަކުންވެސް ނުރުހޭ ކަމަށެވެ. 

"އެކަމަށް ރުހެނީ ހަމައެކަނި އެ ގަންނަ މީހުންނާއި، އޭގެ ބޭނުން ކުރާ މީހުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. ގެސްޓްހައުސް ތަށް ހިންގާ ފަރާތްތަކުގެވެސް ގާތްގަނޑަކަށް %90 އެކަމާއި ދެކޮޅު." އުކުޅަހުން "ވޮއިސް" މައުލޫމާތު ދެއްވި ރައްޔިތަކު ވިދާޅުވިއެވެ. 

ސަފާރީ މައްސަލާގައި ފުލުހުންނާއި ރައްޔިތުން ބައްދަލުކުރަނީ

"މިރަށުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވާނީ މި ރަށުގައި އެ ވަބާގައި ޖެހިފައި ތިބި ކަމަށް ޔަގީންވާ ކުދިންނާއި އެކުދިންގެ އަދަދު ހޯދާފައި. އެގޮތުން އެކަން ޔަގީންވާވެސް ގާތްގަނޑަކަށް 50 އަށްވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި ވަރަށް ގިނަ އެކަމުން ސަލާމަތްވާން ބޭނުންވާ ކުދިންވެސް. އެކަމަކު އެކި ސަބަބު ތަކާއި ހުރެ ނުވަނީ. ވަރަށް ހާލުގައި ވަރަށް މަސައްކަތް ކުރާ ކުދިން އެބަތިބި. އެކަމަކު، މިގޮތަށް، ރަށަށް މިހާ ފަސޭހައިން ރާ ލިބޭ ގޮތްވީމާ އެއީ އެކުދިންގެ މަސައްކަތަށްވެސް އެޅޭނެ ވަރަށް ބޮޑު ހުރަހެއް. އެހެންވީމާ އަޅުގަނޑެއް ނޫން ވަރަށް ގިނަ މީހުން އެކަމާއިމެދު (ބަނދަރުގައި ސަފާރީ ބާއްވައިގެން ރާ ވިއްކުމާއި) ކަންބޮޑުވޭ." އުކުޅަހުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތަކުން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

އުކުޅަހު ބަނދަރުގައި މަރާމާތު ކުރަން އަޅާފައިވާ ސަފާރީ؛ މި ސަފާރީއިން ރަަށަށް ރާ ވިއްކާ ކަމަށް ރައްޔިތުން ތުހުމަތު ކުރޭ

އުކުޅަހު ސަފާރީން ބަނދަރުގައި އޮވެގެން ރަށަށް މަސްތުވާތަކެތި ވިއްކާކަމަށް ތުހުމަތުކޮށް، އެރަށުގެ އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު އުކުޅަހު ޕޮލިސް ސްޓޭޝަނަށަށް ގޮސް ފުލުހުންނަށްވެސް އެކަން ވަނީ ހިއްސާކޮށްފައެވެ. 

އަދި ހަމަ އެހެންމެ، އެ ރަށު ކައުންސިލަށް ގޮސް، ކައުންސިލްގެ ރައީސް އާއި މެމްބަރުންނާއިވެސް އެކަން ހިއްސާކޮށްފައިވާއިރު، ކައުންސިލާއިއެކު ކުރިއަށް ގެންދެވުނު އެ ބައްދަލުވުމުގެ އޯޑިއޯ "ވޮއިސް" އަށް ވަނީ ލިބިފައެވެ. 

އެގޮތުން ބައްދަލުވުމުގެ ތެރެއިންވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލަށް ހިއްސާކޮށްފައިވާއިރު، ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ވަނީ، އެ ސަފާރީ އެ ރަށު ފަޅު ބޭރުގައި އޮވެގެން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރާ ވިއްކުމުގެ ކަންކަން ކުރިކަން އެބޭފުޅާއާއި އެރަށުގެ މީހުންނަށްވެސް އެނގޭކަން ފާހަގަކުރައްވާފައެވެ. 

"ރަށްބޭރުގައި އޮވެގެން ކުރިކަންކަން ހަމަ ވަރަށް ސާފު. ރަށްބޭރުގައި އޮވެގެން ކުރި ކަމަކީ ހަމަ ރާ ވިއްކާ އެކަންްތައްތައް. އެ ކަމުގެ ޝައްކެއްނެތް. ދެން މިރަށަށް ބާލައިގެން މިރަށުގައި އެކަން ކުރި ކަމާއި ގުޅިގެން އަޅުގަނޑުމެން ހުންނާނެ އޭގެ ބައެއް ކަންކަން ބަލާވެސްފައި. އެކަމަކު ކޮންމެސް ހިސާބަކުން މީހަކު އެއްބަހެއް ނުވޭ. އެކަމަކު ސަފާރީން ރަށްބޭރުގައި އޮވެގެން ރާ ވިއްކިކަން ހަމަ ސާފު." ކައުންސިލާއި އާއްމުންނާއި ދެމެދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. 

ސަފާރީ މައްސަލާގައި ކައުންސިލާއި ރައްޔިތުން ބައްދަލުކުރަނީ

މި މައްސަލައާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، އެ ސަފާރީ އެރަށުގެ ބަނދަރުގައި ބޭއްވުމުގެ ހުއްދައަށްއެދި އެ ރަށު ކައުންސިލަށް ސަފާރީގެ ފަރާތުން އެދިފައިވަނީ މިމަހު 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން، ކައުންސިލުން ސަފާރީއަށް ހުއްދަ ނުދެނިސް އެ ސަފާރީ ބަނދަރަށް ވައްދާފައިވާ ކަމަށާ، މިހާރުވެސް ސަފާރީ ބަނދަރުގައި އޮތީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. 

އަޅުގަނޑުމެންގެ އެބަ އޮވޭ ކައުންސިލުން ހަދާފައި ގަވާއިދެއް. ބަނދަރު ގަވާއިދު. އޭގައިވާގޮތުން، އަޅުގަނޑުމެން ބޭނުމިއްޔާ ސަފާރީ އަށް މަރާމާތުގެ މަސައްކަތަށް ބަނދަރުގައި އެޅުމުގެ ހުއްދަ ދެވޭނެ. ބޭނުމިއްޔާ ނުދެވޭނެވެސް. އެކަމަކު މިއީ މީގެ ކުރިން ވެފައި ނެތް ކަމެއް ވީމާ، އަޅުގަނޑުމެން އެލްޖީއޭ އާއި، ޓޫރިޒަމް މިނިސްޓްރީއާއި، ފުލުހުންނާވެސް ވާހަކަ ދައްކަމުން މިދަނީ މިކަމުގައި ކަން ކުރާނެ ގޮތާއި މެދު. ދެން އެ ސަފާރީން ރާ ވިއްކާ ކަމަށް ވާހަކަތައް ދެކެވުނު ކަމަށްވެސް ބަނދަރުގައި އޮވެގެން އެކަން ކުރި ކަމަށް ޔަގީނަށް އެނގިފައެއްނެތް. އެކަމަކު ރައްޔިތުންގެ އެ ކަންބޮޑުވުން ހުރީމާ، އެކަމާއި ގުޅިގެން ކަންކަން ބަލަމުން މިދަނީ ވަރަށް ގާތުން." ކައުންސިލްގެ ރައީސް ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުކުޅަހު ބަނދަރުގައި ސަފާރީ އަކުން ރާ ވިއްކާ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައި ނުވާކަމަށެވެ. 

ކޮމެންޓް
ޜަނާ
ދެންކީއްވެތަ ނުހުއްޓުވީ ކައުންސިލަށް ރަށާ ރަށުގެ ފަޅުތެރެއަށް ބާރެއް ނުހިގާބާ ބަނދަރުންނާ ފަޅުންވެސް ބޭރުކުރޭ .ކައުން ސިލުން އަޅާނުލީ ވިއްޔާ ރައްޔިތުން ނުކުމެ ގާއުކައި ގެން ނަމަވެސް ބޭރުކުރޭ.
07 May 2023
ވާޑް ވޮއިސް
ތި ކައުންސިލް އިން ބޭނުން ވެގެން ކުރާ ކަމެއްް ސާފް ވެއްޖެ ؟
11 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.