ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު--ފޮޓޯ /ރައީސް އޮފީސް
ހަބަރު
08 May 2023 | 12:54
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ޖޫން މަހު ބޮޑުވާނެ: މިއުވާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެވަޑައިގެންފައިވާ ގޮތަށް އަންނަ ޖޫން މަހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ބޮޑުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެއީ މާ ކުޑަ މިންވަރެއް ކަމަށް ބުނެ، އެ އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް، ލޯފަން މީހުންނާ އެކު ރައީސް ސޯލިހު 2021 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމެއްގައި އެ މީހުންގެ ފަރާތުން ވެސް ވަނީ ރައީސް ސޯލިހަށް ދަންނަވާފަ އެވެ.

އަދި މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. 
އަދި ޖޫން މަހުން ފެށިގެން އެމީހުންނަށް ސަރުކާރުން ދޭ އެލަވަންސް ބޮޑުކުރައްވާނެކަމަށްވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، ސިއްޙީ ދާއިރާގެ މުސާރައަށް މި އައި ބަދަލުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސު ބޮޑުކުރާނެ ވަކި ތާރީޚެއް ދަންނަވަން ދަތި ކަމަށް ވިދާޅުވެފައެވެ. 

އަދި އެފަހުން ރައީސް އޮފީހުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާންވެސް ވަނީ އެފަދައިން ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާގެެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެފަދައިން އެ ބައްދަލުވުމުގައި ވިދާޅުވެވުނީ ޔަގީން ނުކޮށް އެއްޗެއް ވިދާޅުނުވަން ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ރައީސް ޞާލިހު ވިދާޅުވި ފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތް ޖޫން މަހުން ފެށިގެން ބޮޑުވާނެ ކަމަށާ އެކަން އެމަނިކުފާނު އިޢުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑަށްވެސް އެކަމުގެ ސްޓޭޓަސް އޭރުގައި އޮތްގޮތެއް ޔަގީންކޮށް ނޭނގިގެން ނުދެންނެވީ. ފަހުން އެ ސުވާލު ކޮށްލިން. ދެން ހަމަ ޖޫން މަހުން ފެށިގެން ބޮޑުކުރާ ގޮތަށް އޮތީ. މިދިޔަ އަހަރު އެކަން ނުކުރެވުނީ ރެޖިސްޓްރީ އެކުލަވާލުމާއި ކަންކަން އެއްކޮށް ނުނިމި އޮތީމާ. މި ޖޫން ގަ ހަމަ ބޮޑުވާނެ. ދެން ރައީސުލްޖުމްހޫރިއްޔާ އޭތި އިއުލާން ކުރައްވާނީ. ރައީސް ވިދާޅުވި ގޮތަށް އޭތި ކުރިއަށް ދާނެ." މިއުވާން ވިދާޅުވިއެވެ. 

އެކަމާއި ގުޅިގެން "ވޮއިސް" އިން ސުވާލު ކުރުމުންވެސް  މިއުވާން ވަނީ ޖޫން މަހުގައި އިނާޔަތް ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.