އުކުޅަހު ބަނދަރުގައި މަރާމާތު ކުރަން އަޅާފައިވާ ސަފާރީ؛ މި ސަފާރީއިން ރަަށަށް ރާ ވިއްކާ ކަމަށް ރައްޔިތުން ތުހުމަތު ކުރޭ
ހަބަރު
10 May 2023 | 22:45
އުކުޅަހު ރާ ވިއްކާ ކަމަށް ބުނާ ސަފާރީ މައްސަލާގައި ރައްޔިތުން ކައުންސިލަށް!

އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ "ޒެޑް ކުރޫޒާ" ސަފާރީ ބަނދަރުން ނެރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދި މިރޭވެސް ރައްޔިތުން ކައުންސިލް ދޮށަށް އެއްވެއްޖެއެވެ. 

އުކުޅަހުން، "ވޮއިސް" އަށް މައުލޫމާތު ދިން ފަރާތެއް ވިދާޅުވީ، މިރޭގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލާއި އއ. އަތޮޅުގެ ފުލުހުންގެ އެޓޯލް ހެޑް އާއި ވެސް އެކުގައި ކަމަށެވެ. އަދި މިރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ އެދިފައިވަނީ ސަފާރީ ބަނދަރުން ނެރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން ކަމަށާ، އެގޮތުން، އެކަމަށް އެދި ކައުންސިލުން ސިޓީ ލިޔަންދެން ކައުންސިލުން ނުދާނެ ކަމަށް ރައްޔިތުން ބުނަމުން އަންނަ ކަމަށެވެ. 

ކައުންސިލް އަދި ފުލުހުންނާއި އެކު މިރޭ ބޭއްވުނު ބައްދަލުމުގެ ތެރެއިން

"އަޅުގަނޑުމެން މިހާރު ކައުންސިލާ މިކަމާއި ގުޅިގެން ވާހަކަ ދައްކާތަ 4 ވަރަކަށް ދުވަސް މިވަނީ. ރޭގައިވެސް ބައްދަލު ކޮށްފައި ވާނީ. އަޅުގަނޑުމެންގެ ޝަކުވާ އަކީ، މީގެ ކުރިންވެސް ރާ ވިއްކި ކަން އެނގޭ ސަފާރީ އެއް އެގޮތަށް ހުއްދަ ނެތި ބަނދަރުގައި އޮންނާތީ. ކައުންސިލުން އެބަ ބުނޭ ހުއްދައެއް ނުދެމޭ. އެހެން ވީ އިރު ބަނދަރުގައި އެ ސަފާރީ ބޭއްވިގެން ނުވާނެ. އެއީ އުކުޅަހު ކައުންސިލްގެ ބަނދަރު ގަވާއިދާވެސް ޚިލާފް ކަމެއް. އެހެންވީމާ އެ ސަފާރީ ބަނދަރުން ބޭރު ކުރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދި ކައުންސިލުން ސިޓީއެއް ލިޔޭތޯ މި ތިބީ. ކައުންސިލުން ބުނަނީ ލިޔާ ވާހަކަ. އެކަން ކޮޅެއްގައި ޖެހުނީމާ މިރޭ ކައުންސިލުން ދާނީ އަޅުގަނޑުމެން. މިހާރުވެސް މިތިބީ ކައުންސިލްގެ މީޓިން ރޫމުގައި. އެފަރާތުގެ ޖަވާބެއް ލިބެންދެން. މިއީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް." 

މި މައްސަލައާއި ގުޅިގެން "ވޮއިސް" އިން އުކުޅަހު ކައުންސިލްގެ ބަހެއް މިރޭ ލިބޭތޯ މަސައްކަތް ކޮށް އަދި ލިބިފައެއް ނުވެއެވެ. 

ނަމަވެސް ރައްޔިތުންނާއި އެކު، ކައުންސިލުން މިރޭ ބޭއްވި ބައްދަލުވުމުގެ ވީޑިއޯ "ވޮއިސް" އަށް ލިބިފައިވާއިރު، އެ ވީޑިއޯގަައިވެސް ކައުންސިލުން ވަނީ ކޯޓު އަމުރެއް ނެރެދިނުމަށް އެދި ފުލުހުންނަށް ސިޓީ ލިޔުމުގެ ކަންކަން ކުރާނެ ކަމަށް ބުނެފައެވެ. 

އެ މައްސަލާގައި މީގެ ކުރިން ވޮއިސްއަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، އެ ސަފާރީ އެރަށުގެ ބަނދަރުގައި ބޭއްވުމުގެ ހުއްދައަށްއެދި އެ ރަށު ކައުންސިލަށް ސަފާރީގެ ފަރާތުން އެދިފައިވަނީ މިމަހު 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން، ކައުންސިލުން ސަފާރީއަށް ހުއްދަ ނުދެނިސް އެ ސަފާރީ ބަނދަރަށް ވައްދާފައިވާ ކަމަށާ، މިހާރުވެސް ސަފާރީ ބަނދަރުގައި އޮތީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. 

"އަޅުގަނޑުމެންގެ އެބަ އޮވޭ ކައުންސިލުން ހަދާފައި ގަވާއިދެއް. ބަނދަރު ގަވާއިދު. އޭގައިވާގޮތުން، އަޅުގަނޑުމެން ބޭނުމިއްޔާ ސަފާރީ އަށް މަރާމާތުގެ މަސައްކަތަށް ބަނދަރުގައި އެޅުމުގެ ހުއްދަ ދެވޭނެ. ބޭނުމިއްޔާ ނުދެވޭނެވެސް. އެކަމަކު މިއީ މީގެ ކުރިން ވެފައި ނެތް ކަމެއް ވީމާ، އަޅުގަނޑުމެން އެލްޖީއޭ އާއި، ޓޫރިޒަމް މިނިސްޓްރީއާއި، ފުލުހުންނާވެސް ވާހަކަ ދައްކަމުން މިދަނީ މިކަމުގައި ކަން ކުރާނެ ގޮތާއި މެދު. ދެން އެ ސަފާރީން ރާ ވިއްކާ ކަމަށް ވާހަކަތައް ދެކެވުނު ކަމަށްވެސް ބަނދަރުގައި އޮވެގެން އެކަން ކުރި ކަމަށް ޔަގީނަށް އެނގިފައެއްނެތް. އެކަމަކު ރައްޔިތުންގެ އެ ކަންބޮޑުވުން ހުރީމާ، އެކަމާއި ގުޅިގެން ކަންކަން ބަލަމުން މިދަނީ ވަރަށް ގާތުން." ކައުންސިލްގެ ރައީސް ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. 

ކޮމެންޓް
Abdul Hameed Mohamed
ކާަކު ގެ އުޅަދެއް ކަންމެއްވެސް ނެގޭތޯ
11 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.