މިފަހަރުގެ އުރީދޫ "ކަލަ ރަން" ކައިޓް ފެސްޓިވަލް އަދި މިއުޒިކް ޝޯ އަކާއެކު

02 Oct 2018 | 19:03

މިއަހަރުގެ އުރީދޫ "ކަލަ ރަން" ކައިޓް ފެސްޓިވަލް އަދި މިއުޒިކް ޝޯ އަކާއެކު ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ރަޖިސްޓަރ ވާން ބޭނުން ފަރާތްތަކުން މި ހިނގާ އޮކްޓޫބަރުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ރަޖިސްޓަރ ވާން ބޭނުން ފަރާތްތަކުން އޮންލައިންކޮށް http://ore.do/colorrun މެދުވެރިކޮށް ފަސޭހަ ކަމާއެކު ރަޖިސްޓަރ ވުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލެވިފައެވެ.

7 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކަލަ ރަން" ގައި ދުވުމަށް ހަމަޖެހިފައިވަނީ 5 ކިލޯމީޓަރަށެވެ. 12 އަހަރުން ދަށުގެ ކުއްޖެއް ނަމަ އެ ކުއްޖަކާއެކު ބެލެނިވެރިއަކު ބައިވެރިވާން ޖެހޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އުރީދޫ "ކަލަ ރަން" އިން ލިބުނު ފައިސާގެ ވަކި އިންސައްތައެއް ވަނީ "ޓައިނީ ހާޓްސް" އަށް ހަދިޔާކޮށްފައިވެއެވެ. އުރީދޫއިން ހާމަކުރި ގޮތުގައި މިއަހަރުވެސް "ކަލަރ ރަން"ގެ ޗެރިޓީ ޕާޓްނަރެއް ހޮވައި ލިބޭ ފައިސާއިން ވަކި އިންސައްތައެއް އެ ފަރާތަކަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement